މަރުޙަބާ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
މަރުޙަބާ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު!

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ މިއަދު ނެގި ވޯޓުގައި ރައްޔިތުންގެ ބޮޑު އަޣަލަބިއްޔަތަކުން ކުރިއަށް އޮތް ދައުރަށް ރާއްޖޭގެ ރައީސަކު ކަމުގައި ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބުކުރުމުން އެމަނިކުފާނަށާއި އެމަނިކުފާނުގެ ރަނިންގމޭޓް ހުސައިން މުހައްމަދު ލަތީފް އަށް ވަރަށް ހޫނު މަރުޙަބާއެއް މިއަދުނޫސް ޓީމުން އަރިސް ކުރަމުއެވެ. 

ޢިއްޒަތްތެރި އިންތިޚާބީ ރައީސް އެވެ! ރައްޔިތުން މިއަދު ވަރަށް ސާފުބަހުން އެދެންނެވީ ދުނިޔޭގައި ލިބޭ ގޯއްޗަކަށްވުރެ، ޖީބަށް ލާން ލިބޭ ފައިސާ ކޮޅަކަށްވުރެ ރާއްޖޭގައި އެހެން ދީންތަކަށް ފުރުޞަތުދިނުމާ ދެކޮޅު ކަމަށެވެ. ޤައުމު އަޅުވެތިވެ މިނިވަންކަމާއި އިސްތިޤްލާލް ގެއްލިގެންދާން ބޭނުން ނުވާކަމަށެވެ. އެންމެ މުހިންމީ ދީނާއި ޤައުމުކަމަށެވެ. 

ޢިއްޒަތްތެރި އިންތިޚާބީ ރައީސް އެވެ! ރައްޔިތުން މަނިކުފާނުގެ ކިބައިން އެންމެ ބޮޑަށް އެދި އާދޭސްކުރަނީ ފާއިތުވި 5 އަހަރު ރާއްޖޭގައި އިސްލާމް ދީނަށް ދިން ފަދަ ގެއްލުންތައް މަނިކުފާނުގެ ވެރިކަމެއްގައި ނުދެއްވުމަށެވެ. އެފަދަ ކިތަންމެ ކުޑަކަމެއްވެސް ތަކުރާރުވިޔަ ނުދެއްވުމަށެވެ. އަދި ފާއިތުވި 5 އަހަރު އިސްލާމް ދީން ނިކަމެތިކުރަން ކުރެވުނު ކަންކަމުން ލިބިފައިވާ ބޮޑެތި ގެއްލުންތަކުން އަރައިގަނެވޭނެ ގޮތަކަށް ވެރިކަން ކޮށްދެއްވުމަށެވެ. 

ރައްޔިތުންގެ ފަރާތުން މަނިކުފާނަށް ކުރަންހުރި އާދޭސްތައް ވަރަށް ގިނައެވެ. އެއާދޭސްތަކުގެ ވާހަކަ ދަންނަވަމުން ގެންދާނަމުއެވެ. އިން ޝާ ﷲ

 

މިއަދު އޮންލައިން