ޢިބްރަތްތެރި ވާހަކަ: އަނބިމީހާ ބެލްކަނީން ވައްޓާލަން އުޅުނު ފިރިމީހާ ހަމައެވަގުތު އެބެލްކަނީން ވެއްޓި ޢުމުރަށް ނުކުޅެދޭ މީހަކަށް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޢިބްރަތްތެރި ވާހަކަ: އަނބިމީހާ ބެލްކަނީން ވައްޓާލަން އުޅުނު ފިރިމީހާ ހަމައެވަގުތު އެބެލްކަނީން ވެއްޓި ޢުމުރަށް ނުކުޅެދޭ މީހަކަށް-

ބައެއް ފިރިން ރުޅިއަންނައިރަށް އަތް އިސްކުރެއެވެ. ކަރުގަ ހިފާ މަރާލަންވެސް މަސައްކަތްކުރެއެވެ. އަޅުގަނޑަށް ލިބިފައިވަނީވެސް އެފަދަ ފިރިއެކެވެ. އެކަމަކު 5 ދަރިން ލިބިފައިވުމުން ވަކިވެވޭކަށް ނެތެވެ. ޙައްލަކީ ކޮބައިތޯ؟  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއަ ވާހަކަތައް ޢިލްމުވެރިންނަށް ޙިއްޞާކޮށް ނަޞޭޙަތްދީ ވިސްނައިދޭން މަސައްކަތްކުރާށެވެ. އަދި ތިރިގައިވާ ޙާދިސާގައިވާގަފަ ޙާލަތެއް ޖެހިދާނެކަންވެސް ވިސްނައިދޭން މަސައްކަތްކުރާށެވެ! ދުޢާކުރަމުން ގެންދާށެވެ. ކާމިޔާބުވާނެއެވެ. އިން ޝާ ﷲ  

ފިރިއަކު އަނބިމީހާ ދެކެ ރުޅި އައިސްގެން އުޅުނީ ފްލެޓުގެ ބެލަކަނީން ވައްތާލާށެވެ! އަނބިމިހާގެ ފުރާނަ ސަލާމަތްވީ އެވަގުތު އެތަނަށް އައި ބައަކު އެކަމަށް ހުރަސް އަޅައި އާދޭސްކުރުމުންނެވެ.  

އަނބިމީހާގެ ގައިން އަތްދޫކޮށްލުމަށްފަހު ގޭތެރެއަށްވަދެ ކުޑަ ފެންފުޅިއެއް ނަގައިގެން ގޮސް އަނބިމީހާގެ ކުށް ބަޔާންކޮށްދޭން ބެލްކަނީގެ ފާރުބުރީގައި އިށީނެވެ. އެޙާލަތުގައި އެތަނުގައި ނުއިނދެ ތެދުވެ އެތެރެއަށް ވަންނަން ނަޞޭހަތްދިނުމުން ތެދުވަން ހަދާލެވުނު ގޮތަކުން ފުރަގަހަށް އަރިއަޅާލައިގެން ވެށްޓުނީ ބޭރަށެވެ.  

މަރެއް ނުވެއެވެ. މައިބަދަ ބިނދުނީއެވެ. ތިރީކޮޅުން ވާގިދިއައީއެވެ. ނުކުޅެދޭ މީހަކަށްބަދަލުވީއެވެ! އެއްކަލަ ބެލްކަނީން ވައްޓާލަން އުޅުނު އަނބިމީހާއަށް މިޖެހުނީ ނުކުޅެދޭ މީހެއްގެ ގޮތުގައި އުމުރަށް ފިރިމީހާ ބަލާށެވެ!  

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތު ބުނެލަން އޮތީ މިފަދަ ހާދިސާތަކުން ޢިބްރަތް ޙާޞިލުކުރާށެވެ! އެއްވެސް މީހަކަށް އަނިޔާވެރިނުވާށެވެ! ޚާއްޞަކޮށް ދެމަފިރިން އެކަކު އަނެކަކަށް އަނިޔާނުކުރާށެވެ! ޙަޔާތުގަ ތިމާގެ ބުރަ އުފުލަންހުރި ބައިވެރިޔާއަށް އަނިޔާވެރިވާ މީހުންނަށް މިފަދަ އަނިޔާތައް ކުރަން ބިރުވެތިވާށެވެ! ކާކުގެ ބުރަ އުފުިލަންޖެހޭނީ ކާކަށްކަން ހަމައެކަކަށްވެސް ޔޤީނެއް ނުކުރެވޭނެއެވެ.  

މިއީ ދާދިފަހުން ސްރީލަންކާގައި ހިނގި ކަމެކެވެ.  

- ނަސްރީނާ/ މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން