ދުނިޔޭގެ 8 ވަނަ ކޮންޓިނެންޓް ސައިންސްވެރިން ހޯދައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ދުނިޔޭގެ 8 ވަނަ ކޮންޓިނެންޓް ސައިންސްވެރިން ހޯދައިފި!

ދުނިޔޭގެ 8 ވަނަ ކޮންޓިނެންޓް ސައިންސްވެރިން ހޯދައިފިއެވެ. 

ސައިންސްވެރިންނަށް ދާދިފަހުން ހޯދިފައިވަނީ 375 އަހަރު ވަންދެން އެމީހުންގެ ޢިލްމުން ގެއްލިފައިވާ އާ ބައްރެކެވެ. ޒީލެންޑިއާ ކިޔާ މި ބައްރަކީ ގިނައިން މޫދުގެ އަޑީގައި ތިލަކޮށް އޮންނަ ބައްރެއް ނަމަވެސް މިއީ ނިއުޒީލެންޑާ ދާދި އެއްގޮތް ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ ބައްރެކެވެ. ޒީލެންޑިއާ އަކީ މީގެ ގާތްގަނޑަކަށް 1 ބިލިއަން އާއި 542 މިލިއަން އަހަރު ކުރިން އުފެދުނު ގަދީމީ ސުޕަކޮންޓިނެންޓް ގޮންޑްވާނާގެ ބައެކެވެ.

ޖިއޮސައިންޓިސްޓުންނަށް ޒީލެންޑިއާ ފެނިގެން ދިޔައީ ގަރުނުތަކެއް ވަންދެން އެކަން ފާހަގަ ނުކުރެވިދިޔައެވެ. މިތަން ފެނުމާއިއެކު އޭގެ އިތުރު ތަފްސީލީ މެޕެއް ވަނީ އުފެއްދާފައެވެ. އެމީހުން ޑޭޓާ އެއްކުރީ ކަނޑުގެ ބިންގަނޑުން ނަގާފައިވާ ހިލަ ސާމްޕަލްތައް ދިރާސާކޮށްގެންނެވެ. އެމީހުންގެ ހޯދުންތައް ވަނީ ދުނިޔޭގެ އޮނިގަނޑާއި އީވޮލޫޝަން އަށް އަލިއަޅުވާލާ ޓެކްޓޮނިކްސް ޖާނަލްގައި ޝާއިއުކޮށްފަ އެވެ.

ބީބީސީގެ ރިޕޯޓެއްގައިވާ ގޮތުން ޒީލެންޑިއާ އަކީ މަޑަގަސްކަރައިގެ ބޮޑުމިނުގެ ގާތްގަނޑަކަށް ހަ ގުނަ ބޮޑު ބައްރެކެވެ. އެއީ ހޯދުނު އަށް ވަނަ ބައްރު ކަމަށާއި، މިއީ އެންމެ ކުޑަ، އެންމެ ތުނި، އަދި އެންމެ ޒުވާން ބައްރެވެ.

 

 

 

 

މިއަދު އޮންލައިން