ހިފާފައިވާ އިރުމަތީ ގުދުސްގަ ދިރިއުޅޭ މުސްލިމް ރައްޔިތުންނަށް އަބަދު އަނިޔާކުރަމުން އަންނަނީވެސް ހަމާސްގެ ސަބަބުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 37ސ
ހިފާފައިވާ އިރުމަތީ ގުދުސްގަ ދިރިއުޅޭ މުސްލިމް ރައްޔިތުންނަށް އަބަދު އަނިޔާކުރަމުން އަންނަނީވެސް ހަމާސްގެ ސަބަބުންތަ؟

ވިސްނުންތޫނު އުމުރުން 23 އަހަރުގެ އަދުނާން ބާރކް ގުދުސްގެ މުސްކުޅި ސިޓީގެ ގަދީމީ ފާރުތަކުގެ ވަށައިގެން ބެލުމަށްފަހު ގެއަށް ދާނެ މަގެއް ހޯދައެވެ. ޔުނެސްކޯގެ ދުނިޔޭގެ ތަރިކަ ސަރަހައްދުގައި ސިފައިން ގާޑްކޮށްފައިވާ ހަތް ގޭޓުގެ ތެރެއިން އެއް ގޭޓަށް ނަޒަރު ހިންގާލަ އެވެ. އޭރު އިސްރާއީލުގެ ސިފައިންގެ ގްރޫޕްތަކެއް ދުވެފައި ގޮސް، މީހުން ހުއްޓުވައި ހަދައެވެ.

އޭނާއަށް ފެންނަ އެއްޗެއް ކަމުނުދެއެވެ. ބޯ ޖަހާލަމުން އޭނާ ހިނގައިގަތީ ގޭޓް ކައިރިން ގޮސް މޭވާގެ ފިހާރަތަކާއި މަގުމަތީގައި ކާބޯތަކެތި ހުރި ވިޔަފާރިވެރިން ތޮއްޖެހިފައިވާ މައި މަގެއްގައެވެ.

ފަލަސްތީނުގެ މި މުސްކުޅި ސިޓީގައި އެހެން ގިނަ ބަޔަކު ފަދައިން ބާކް ވެސް ވަނީ އިސްރާއީލުގެ ސިފައިންނާއި ފުލުހުންގެ ފަރާތުން ގައުމަށް އެނބުރި ދާއިރު އުނދަގޫލަށް އާދަވެފަ އެވެ.

އެއީ މިދިޔަ ހަފްތާގައި ފަލަސްތީނުގެ ޖަމާއަތެއް ކަމަށްވާ ހަމާސް އިން ވަށާލެވިފައިވާ ޣައްޒާގެ ސަރަހައްދުން ނުކުމެ އިސްރާއީލުގެ ދެކުނުގެ ޖަމާއަތްތަކަށް ހަމަލާދިނުމާ ހަމައަށެވެ.

އޭގެ ފަހުން، ބާކް ވިދާޅުވާ ގޮތުގައި، މުސްކުޅި ސިޓީގެ ފަލަސްތީނުގެ މީހުންނަށް ކުރިމަތިވެފައި ވަނީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ އުނދަގުލެކެވެ.

އަލްޖަޒީރާއިން ވާހަކަ ދެއްކި މުސްކުޅި ސިޓީގެ ފަލަސްތީނުގެ މީހުން ބުނާ ގޮތުގައި، އެ ސިޓީގެ އެންޓްރީ ޕޮއިންޓްތަކުގައި މިހާރު އެމީހުންނަށް ކުރިމަތިވެފައިވަނީ ފޯނުން ބަލައިފާސްކުރުމާއި، ޖިސްމާނީ ބާރުގެ ބޭނުންކުރުމާއި އަދި ފާޙިޝް ފުރައްސާރަތައް ހިމެނޭ އާ ސުވާލުކުރުމުގެ އުކުޅުތަކެކެވެ.

ފަލަސްތީނުގެ ޒުވާން ފިރިހެނުން ދިރިއުޅޭ ވަޓްސްއެޕް އަދި ޓެލެގްރާމް ގްރޫޕްތަކުގައި މިފަދަ ހާދިސާތަކުގެ ސިއްރު ރެކޯޑިންތައް ގިނައިރު، ސަބްސްކްރައިބަރުން ޕާސަނަލް ޑިވައިސްތަކަށް އެކްސެސް ނުދިނުމަށް ލަފާދެ އެވެ.

މުސްކުޅި ސިޓީގެ ފަލަސްތީނުގެ ޓޫވަރ ގައިޑެއް ކަމަށްވާ އުމުރުން 27 އަހަރުގެ ހަމްޒާ އަފްޣާނީ ބުނާ ގޮތުގައި ދާދި ފަހުން އޭނާއަށް ޖިސްމާނީ އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި އޭގެ ފަހުން އާއިލާގެ އަންހެން މެމްބަރުންނަށް ފުރައްސާރަ ކުރުމުގެ ޓިރޭޑްތަކެއް ވެސް ކުރިމަތިވެފައިވެއެވެ. 

“ކުރިން މިނިވަންކަމާއެކު ވާހަކަ ދެއްކޭނެ. އެކަމަކު މިހާރު އެމީހުން އަޅުގަނޑުމެން ފްރޭމް ކުރާނީ ހަމަލާދޭ މީހެއްގެ ގޮތުގައި، އެއީ އެއްވެސް ޖަވާބުދާރީވުމެއް ނެތި ކުއްލި ނުރައްކަލުގެ ހާލަތު އޮތުމުން،” އޭނާ ބުންޏެވެ.

މައިގަނޑު ގޮތެއްގައި ޒުވާނުންނަށް އަމާޒުކޮށްގެން ކުރާ ފުރައްސާރަތަކަކީ ވެސް ފަލަސްޓީނުގެ ރައްޔިތުން ރުޅިވެރިކަން އުފެއްދުމަށް ކުރާ ފުރައްސާރަތަކެކެވެ. 

"އިސްރާއީލުގެ ސިފައިންނަށް އަޅުގަނޑުމެން އެނގެނީ ފަލަސްތީނުގެ މީހުންގެ ގޮތުގައި - އޭގެ ތެރެއިން ގިނަ މީހުންނަކީ މުސްލިމުން - އަންހެނުންނަށް ލަޢުނަތް ދިނުމަކީ އަހަރެމެން ރުޅިއަންނަކަމެއް ކަމުން އަހަރެމެންގެ އިޙްސާސްތައް އުފައްދަނީ،" އޭނާ ވިދާޅުވެ އެވެ.

ހިފާފައިވާ އިރުމަތީ ގުދުސްގެ ޓްރެންޑީ ބާގަރ ރެސްޓޯރެންޓެއްގައި މަސައްކަތްކުރާ އުމުރުން 24 އަހަރުގެ ޝެފް ސާރީ މިހާރު ބިރުގަންނަނީ ކޮންމެ ރެއަކު ވެސް މުސްކުޅި ސިޓީގައި ހުންނަ އޭނާގެ ގެއަށް އެނބުރި އައުމަށެވެ.

ކުރިން ގަވާއިދުން ބަލައިފާސްކުރުންތައް ކެތްކުރެވޭ ނަމަވެސް މިދިޔަ ހަފްތާގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ އަމަލުތަކުގެ ސަބަބުން އާއިލާގެ މެމްބަރުންނަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް އޭނާ ބުންޏެވެ. 

ރޭގަނޑު އޭނާގެ ގެއަށް ވަދެ ފާސްކުރި އިރު ބައްޕަ ބިރުންހުރެ  އާދޭސް ކުރީ އަހަރެން މަސައްކަތަށް ނުދިއުމަށެވެ.

“ސިފައިން، އެމީހުން މިހާރު ބޭނުންވާ ގޮތަށް ހަޅޭއްލަވައި، އާއިލާއަށް ބިރުދައްކައި، އެމީހުން ބޭނުންހާ ގޮތަކަށް ކަންތައް ކުރަނީ،” ރެސްޓޯރެންޓުގެ ދޮރުން ބޭރަށް ލެނގިލައިގެން ސިނގިރޭޓެއް ދަމާލަމުން އޭނާ ބުންޏެވެ. 

“އެއްޗެކޭ ބުނެފިއްޔާ ސީދާ ފުލުސް އޮފީހަށް ދާނީ.” 

މިހާރު ދަތުރުފަތުރަށް ގިނަވަގުތު ހޭދަކުރަން ޖެހޭކަމަށާއި އޭނާގެ މަސައްކަތު ދުވަސް ހާސްކަމުން ފުރިގެންދާކަމަށް ސާރީ ފާހަގަކުރިއެވެ. “މިހާރު އަހަރެން ބިރުގަނޭ އެތަނަށް ދާން” މަގުމައްޗަށް އިޝާރާތް ކުރަމުން އޭނާ ބުނެއެވެ.  

ބާކް ވިދާޅުވާ ގޮތުގައި ގުދުސްގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ގިނަ ދުވަސްތަކެއް ވަންދެން އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން "ޖަމާޢަތުގައި އަދަބު ދިނުމުގެ ސިޔާސަތެއް" އުފުލަނީ، އޭގެ ރަމްޒީ މުހިންމުކަމުން ޓެންޝަން ބޮޑުވުމުންނެވެ.

 

މިއަދު އޮންލައިން