ފަލަޞްޠީނަށް ދިމާވެފައިވާ އިންސާނީ ކާރިސާއިން އަރައިގަތުމަށްޓަކައި ކުޅަދާނަކަން ލިބިގެންވާ މިންވަރުން ފަލަޞްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް އައިއޯސީސީގެ ރައީސް އަދި ކުރީގަ 2 ފަަހރުމަތިން އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ދިވެހިރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ.
ޑރ. ޝަހީމް ވިދާޅުވެފައިވަނީ ދުޢާ ކުރުމަކީ އެންމެ މުހިންމު ކަންތައް ކަމަށާއި ދުޢާކުރުމާއިއެކު އެމީހަކަށް ކުޅަދާނަވާ މިންވަރަކުން، ޣާޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑު އިންސާނީ ކާރިސާއިން އަރައިގަތުމަށް ހޭދަކުރަންވާނެ ކަމަށެވެ.
"ﷲ ތަޢާލާ އަށްޓަކައި ހޭދަކުރުމަކީ އެކަމުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެ ކަމެއް. މީގެ ކުރިންވެސް ދިވެހި ރައްޔިތުންވަނީ ހޭދަކޮށްފަ. އަދި މިހާރުވެސް ހާދަކުރާނެކަން ޔަޤީން!"
ގުޅުންހުރި ވީޑިއޯ:
https://twitter.com/IOCCMv/status/1713644368136114564