ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަކީ ކަނޑައެޅިގެން އިންޓަރނޭޝަނަލް ހިއުމަނިޓޭރިއަން ގާނޫނާ ޚިލާފް ޙަމަލާތަކެއްކަން ވަރަށް ސާފު: އދ ގެ ސެކްޓްރީ ޖެނެރަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަކީ ކަނޑައެޅިގެން އިންޓަރނޭޝަނަލް ހިއުމަނިޓޭރިއަން ގާނޫނާ ޚިލާފް ޙަމަލާތަކެއްކަން ވަރަށް ސާފު: އދ ގެ ސެކްޓްރީ ޖެނެރަލް

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެގޮތުން ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި އަދި ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ކަނޑައެޅިގެން އިންޓަރނޭޝަނަލް ހިއުމަނިޓޭރިއަން ގާނޫނާ ޚިލާފް ވަމުންދާކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްވިދާޅުވެއްޖެއެވެ. އަދި އެ ގާނޫނަށްވުރެ މަތީގައި އެއްވެސް ބަޔަކަށް ނުތިބެވޭނެ ކަމަށްވެސް ގުޓަރޭސް އިތުރަށް ވިދާޅުވިއެވެ.

މީގެ އިތުރަށް ޣައްޒާގެ ހާލަތު ބަޔާންކުރައްވައި އޭނާ އޭނާ ފާހަގަކުރެއްވި ގޮތުގައި ފަލަސްތީނުގެ ރައްޔިތުން އިސްތިއުމާރާހެދި ނޭވާނުލެވިގެން އުޅޭތާ 56 އަހަރު ވެއްޖެއެވެ. އަދި ޔަހޫދީންގެ އާބާދީތައް ހަދައި އިސްރާއީލުން ދިޔައީ ފަލަސްތީނުގެ ބިންތައްވަނީ އިސްތިއުމާރުކޮށްފައެވެ. 

ހަމަނުޖެހުން ހިންގުން އިންތިހާއަށްއޮތްއިރު ފަލަސްތީނުގެ އިގްތިސާދުއޮތީ ފިއްތައި ހާސްކޮށްލާފައެވެ. އެމީހުންވަނީ ގެދޮރުން ބޭރުކޮށް މަގުމަތި ކޮށްލައި އަދި އެމީހުންގެ ގެދޮރުތައްވަނީ ސުންނާފަތި ކޮށްލާފައެވެ. އަދި މައްސަލައަށް ސިޔާސީ ހައްލެއް ހޯދުމަށް އޮތް އުންމީދުދަނީ ފަނޑުވެ ނެތެމުންނެވެ. 

މިވާހަކަތަކަށް އދ އަށް އިސްރާއީލުން ކަނޑައަޅާފައިވާ ސަފީރު ޖިލާދް އެރްޑަން ގެ ޖަވާބަކަށްވީ ސެކެޓްރީ ޖެމެރަލް އިސްތިޢުފާ ދިނުމަށް ގޮވާލުމެވެ.

 

މިއަދު އޮންލައިން