ޓެރަރިސްޓް އިސްރާއީލުން ފަލަސްތީނަށް ރޭ ދިން ވަރުގަދަ ހަމަލާތަކާއެކު ޝަހީދުވި މީހުންގެ އަދަދު ހަތްހާހަށްވުރެ މައްޗަަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 10ސ
ޓެރަރިސްޓް އިސްރާއީލުން ފަލަސްތީނަށް ރޭ ދިން ވަރުގަދަ ހަމަލާތަކާއެކު ޝަހީދުވި މީހުންގެ އަދަދު ހަތްހާހަށްވުރެ މައްޗަަށް!

ފަލަސްތީނުން އިންޓަނެޓްގެ ޚިދުމަތް ހިމެނޭހެން، މުއާސަލާތީ ހުރިހާ ޚިދުމަތް ކަނޑާލައި، ހުކުރު ދުވަހުގެ ރޭ ފުލުފުލުގައި ޔަހޫދީ ޓެރަރިސްޓް އިސްރާއީލުން ދިން ހަމަލާތަކާއެކު ފަލަސްތީނުން ޝަހީދުވި މީހުންގެ ޖުމުލަ އަދަދު 7,300 އަށްވުރެ މައްޗަަށް އަރައިފިއެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޓެރަރިސްޓް އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 7،326 މީހުން ވަނީ ޝަހީދުވެފައެވެ. ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާގައި 1،400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އިސްރާއީލުން ޝަހީދުކުރި މީހުންގެ 40 އިންސައްތައަކީ ކުޑަކުދިންނެވެ.

ހުކުރު ދުވަހުގެ ރޭ ފަލަސްތީނުގެ ޓެލެކޮމިއުނިކޭޝަން ކުންފުނިން ބުނި ގޮތުގައި އިސްރާއީލުން ފީޑާ ލައިންތަކާއި ޓަވަރުތަކަށް ބޮމުގެ ހަމަލާތައް ދިނުމުގެ ސަބަބުން ފޯނު ނެޓްވޯކްތަކާއި އިންޓަނެޓްގެ ޚިދުމަތަށްވަނީ ބުރޫއަރާފައެވެ. މައުލޫމާތު ލިބޭ ގޮތުގައި، ހުކުރު ދުވަހުގެ ރޭ މި ޚިދުމަތްތައް ފަލަސްތީނުގެ ބޮޑު ބަޔަކަށް ކެނޑިފައިވާއިރު އަދިވެސް ޚިދުމަތްތައް ނުލިބެއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކާއި އެހީދޭ އެޖެންސީތަކުންވެސް ބުނެފައިވަނީ މުއާސަލާތީ ޚިދުމަތް ކެނޑުމުގެ ސަބަބުން ޣައްޒާގައި ތިބި މީހުންނާ ގުޅުން ކެނޑިފައިވާ ކަމަށެވެ.

ހަމަލާތައް ވަރުގަދަކޮށް ޓެރަރިސްޓް އިސްރާއީލުން އަންނަނީ ވައިގެ މަގުން ވަކި އަމާޒެއްނެތި ފަލަސްތީނުގެ އެތައްމިތަނަށް ހަމަލާދެމުންނެވެ. ޣަައްޒާއަށް ބޮމާއި ރޮކެޓާއި މިސައިލްގެ ވާރޭ އޮއްސައި، އެއްގަމު މަގުން ޣައްޒާގެ ތެރެއަށް ވަދެގަންނަން އިސްރާއީލުންކުރާ މަސައްކަތަކީ ނަސްލު ނައްތާލުމައި ބިން ފޭރުމުގެ އަމަލެއްގެ ގޮތުގައި އިސްރާއީލަށް ވާގިވެރިވާ ގައުމުތައް ފިޔަވައި މުޅި ދުނިޔެ ގަބޫލުކުރެއެވެ.

ޓެރަރިސްޓް އިސްރާއީލުންވަނީ ފަލަސްތީނުގެ ޣައްޒާގައި ހުންނަ އިންޑޮނޭޝިއަން ހޮސްޕިޓަލްގެ ބޭރާއި ގޯތިތެރެއަށްވެސް ހަމަލާދީފައެވެ.

ޓެރަރިސްޓް އިސްރާއީލްގެ ހަރުކަށި ޔަހޫދީން މިހާރު އަންނަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހުރި ގެތަކެއް ބިމާ ހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ގެތައް ބިމާ ހަމަކުރަނީ ބުލްޑޯޒަރެއް ބޭނުންކޮށްގެންނެވެ.

ޓެރަރިސްޓް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވާ ގޮތުގައި ހުކުރު ދުވަހުގެ ރޭގައި ހަމާސްގެ 150 ބިންގަރާސްތަކަށް ވެސް ވަނީ ހަމަލާދީފައެވެ. މި ބިންގަރާސްތަކަކީ ޣައްޒާގެ އުތުރުގެ ސަރަހައްދުތަކުގައި ހުރި ބިންގަރާސްތަކެކެވެ.

ފަލަސްތީނަށް ދެމުން އަންނަ ހަމަލާތުގެ އިތުރުން ޓެރަރިސްޓް އިސްރާއީލުންވަނީ ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުގެ މުޖާހިދުންނަށް އަމާޒުކޮށް ވައިގެ މަގުން ހަމަލާތަކެއްވެސް ދީފައެވެ. އިސްރާއީލުން ބުނާ ގޮތުގައި އެ ހަމަލާތައް ދީފައިވަނީ އިސްރާއީލަށް ފޮނުވާލި ރޮކެޓް ހަމަލާއަކާ ގުޅިގެންނެވެ.

 

ހަބަރު: ވީނިއުސް

މިއަދު އޮންލައިން