ޣައްޒާގެ ރައްޔިތުން ޝަހީދުކުރަން އެމެރިކާއިން ފޮނުވަން އުޅުނު ހަތިޔާރު ބޯޓެއް ރައްޔިތުން ނުކުމެ ހުއްޓުވައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ޣައްޒާގެ ރައްޔިތުން ޝަހީދުކުރަން އެމެރިކާއިން ފޮނުވަން އުޅުނު ހަތިޔާރު ބޯޓެއް ރައްޔިތުން ނުކުމެ ހުއްޓުވައިފި!

ޣައްޒާގެ ރައްޔިތުން ޝަހީދުކުރަން އެމެރިކާއިން ފޮނުވަން އުޅުނު ހަތިޔާރި ބޯޓެއް ރައްޔިތުން ނުކުމެ ހުއްޓުވައިފި އެވެ.  

ހަތިޔާރު ބޯޓު ފޮނުވުމާ ދެކޮޅަށް އެމެރިކާގެ ވޮޝިންޓަންގެ ޕޯޓް އޮފް ޓެކޯމާގައި މުޒާހަރާކުރި ރައްޔިތުން ބުނެފައިވަނީ ހަތިޔާރާއި އަސްކަރީ އެހީތެރިކަން އިޒްރޭލަށް ފޯރުކޮށްދީގެން އިޒްރޭލް ލައްވައި ޣައްޒާގެ ރައްޔިތުން ޝަހީދުކުރުން ހުއްޓާލަން ޖެހޭ ކަމަށާއި ޙަމަލާދިނުން ހުއްޓުވައި ޞުލްޙަ ޤާއިމުކުރުމުގެ ވަޤުތު އައިސްފައިވާކަމަށެވެ. 

މުޒާހަރާކުރި ރައްޔިތުން ވަނީ އިޒްރޭލުގެ ޚާރިޖީ ސިޔާސަތު ކުށްވެރިކޮށްފައެވެ. އަދި ޣައްޒާއަށް ހަމަލާދޭނެ ހަތިޔާރާ އަސްކަރީ އެހީތެރިކަން ޔަހޫދީންނަށް ފޯރުކޮށްދޭތީ އެމެރިކާގެ ސަރުކާރު ކުށްވެރިކޮށްފައެވެ. 

މިކަމާއި ގުޅޭ އިތުރު ތަފްޞީލް ޕެންޓެގަނުން އަދި ހާމަނުކުރިނަމަވެސް އެކަން ކުރަން އުޅުނުކަމަށް ވަނީ އެއްބަސްވެފައެވެ. ބުނެފައިވަނީ އެއީ ސިފައިންނަށް ބޭނުންވާ މުދައު ފޮނުވަން އުޅުނު ބޯޓެއް ކަމަށެވެ.

މުޅި ދުނިޔެއަށް ބެލިނަމަވެސް ގިނަ ބައަކު ގެންދަނީ އެމެރިކާ އާއި އިޒްރޭލް ކުށްވެރިކުރަމުންނެވެ.

 

މިއަދު އޮންލައިން