ޑރ.މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޑރ.މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވައިފި

ޑރ.މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ, މަގާމާ ހަވާލުވެވަޑައިގެންފިއެވެ.

ޑރ.މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވީ ޖުމްހޫރީ މައިދާނުގައި ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު އަސްލަމް ރިޔާސަތު ބެލެހެއްޓެވި ޖަލްސާގައި ޑރ.މުޙައްމަދު މުއިއްޒު އަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ.މުއުތަސިމް އަދުނާނެވެ.

ޑރ.މުހައްމަދު މުއިއްޒު އަކީ ރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާއެވެ. އެމަނިކުފާނު ރައީސުލްޖުމްހޫރިޔާ ކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގަތީ މިނިމުނު ދައިރގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާ ވާދަކުރައްވާ ކުރި ހޯއްދަވައިގެންނެވެ. ފުރަތަމަ ބުރުގައި %51 ވޯޓް ލިބިވަޑައިނުގަތުމުން, ދެވަނަ ބުރުގައި ވާދަކުރައްވާ އިންތިޚާބު ކާމިޔާބުކުރައްވައިގެންނެވެ.

ޑރ.މުއިއްޒު އިންތިޚާބުގައި ވާދަކުރެއްވީ ޕީއެންސީގެ ޓިކެޓްގައެވެ. ޕީޕީއެމް/ޕީއެންސީ ގެ ޓީކެޓް އެމަނިކުފާނު ހޯއްދެވީ ކުރީގެ ރައީސް އަބުދުالله ޔާމީނަށް އިންތިޚާބުގައި ވާދަކުރެއްވޭގޮތް ނުވުމުން, ޕީޕީއެމް/ީއެންސީ ގެ ސެނެޓުން ފާސްކޮށްގެންނެވެ. އެސެނެޓްގައި ނެގި ވޯޓް ކާމިޔާބުކުރައްވައިގެންނެވެ.

ޑރ.މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވި ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި, ރައީސް މުޙައްމަދު ނަޝީދާއި, ރައީސް ޑރ.މުޙައްމަދު ވަހީދު ހުސައިން މަނިކު ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް ރައީސް އަބުދުالله ޔާމީން ބައިވެރިވެވަޑައި ނުގަންނަވައެވެ.

މިއަދު އޮންލައިން