މަސައްކަތްތެރިންނަށް ދުނިޔޭގެ ފެންވަރުގެ ކުރިއެރުން ހޯދައިދޭނަން!: ރައީސް ޑރ. މުޙައްމަދު މުޢިއްޒު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
މަސައްކަތްތެރިންނަށް ދުނިޔޭގެ ފެންވަރުގެ ކުރިއެރުން ހޯދައިދޭނަން!: ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރާއްޖޭގެ މަސްވެރިންނަށާއި ދަނޑުވެރިންނަށް އަދި އެހެން ދާއިރާތަކުން މަސައްކަތްކުރާ މަސައްކަތްތެރިންނަށް ދުނިޔޭގެ ފެންވަރުގައި ކުރިއެރުން ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  

އެމަނިކުފާނު މިމޭރުމުން ވިދާޅުވީ ދިވެހި ޒަޢާމަތާއި ހަވާލުވެވަޑައިގަތުމަށްފަހު ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައެވެ.   

ޖޯޝުހުރި ދިވެހި މަސްވެރީން، ދަނޑުވެރީން، އެކިއެކި މަސައްކަތްތެރީން؛ 

މަސައްކަތްތެރި އަތްތަކަކީ، ޤައުމެއް ބިނާކުރުމުގައި އެންމެ މުހިންމު ހަތިޔާރުތައް. 4000 އަހަރުވީ ދިވެހިރާއްޖޭގެ ތާރީޚުގައި ދިވެހީންގެ ބަނޑުފުރާނަ މުއްތިކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެއްބަޔަކީ، މަސްވެރީންނާއި ދަނޑުވެރީން. މިއަދުވެސް އެ ޙަޤީޤަތަކަށް ބަދަލެއް ނާދޭ. އެއީ މީގެ 4000 އަހަރު ކުރީގެ އިންސާނާއެކޭ އެއްފަދައިން މިއަދުގެ އިންސާނާވެސް ކާންބޯންޖެހޭތީ.  

އެހެންކަމުން، މަސްވެރިކަމާއި ދަނޑުވެރިކަން އަދި އިމާރާތްކުރުމާއި ވަޑާންކުރުން ފަދަ އެކިއެކި ތަފާތު މަސައްކަތްތެރިކަމަށް ވަރަށް އިސްކަންދޭނަން. އެކަންކަމާ، ޒަމާނީ ޢިލްމުތަކާއި ޓެކްނޯލޮޖީއާ ރަޙްމަތްތެރިކޮށްދޭނަން. އިރާދަކުރެއްވިއްޔާ، ދުނިޔޭގައި ކުރިއަރައިފައިވާ އެންމެފަހުގެ ޒަމާނީ އުކުޅުތައް ރާއްޖެއަށް ތަޢާރުފުކޮށްދީ، އާމްދަނީއާއި ހުނަރު އިތުރުކޮށްދިނުން، މާލަހެއްނުވެ، މަސްވެރީންނާއި ދަނޑުވެރީން އަމިއްލައަށް ތަޖުރިބާވެސް ކުރާނެ. 

- ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން

 

މިއަދު އޮންލައިން