އައު ކެބިނެޓްގެ މިނިސްޓަރުންނަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ޗެއަރމަން އޮނަރަބަލް ޤާސިމް އިބްރާހީމް މަރުހަބާ ދަންނަވައިފި އެވެ.
މިކަމާގުޅިގެން ގާސިމް ކުރެއްވި ޕޯސްޓެއްގައި ވަނީ، ކުރިއަށް އޮތް ފަސް އަހަރު ދިވެހި ޤައުމު އެކި ރޮނގުރޮނގުން ތަރައްޤީކޮށް، ޤައުމާއި ރައްޔިތުން ބޭނުންވާ އެންމެހާ ޚިދުމަތްތައް ވިލަރެސް ކުރުމުގެ އެންމެ އިސްވެރީން ކަމުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި އެމަނިކުފާނު ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެންމެހާ ބޭފުޅުންނަށާއި، ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރުންނަށާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުންނަށާއި، އެނޫންވެސް އެކި މުހިންމު މަސްއޫލިއްޔަތުތައް ހަވާލު ކުރެއްވި އެންމެހާ ބޭފުޅުންނަށް މަރުހަބާ އާއި ތަހްނިޔާ ދަންނަވާފައެވެ.
އެ ބޭފުޅުންގެ މަސައްކަތްޕުޅުތަކުގައި، ކީރިތި الله ތަޢާލާ ބަރަކާތްލައްވާ ދިވެހި ޤައުމަށް އަދަށް ވުރެ ފެހި މާދަމާއެއް މިންވަރު ކުރައްވާތޯ ޤާސިމް ދުއާކުރެއްވިއެވެ.
ކުރިއަށް އޮތް ފަސް އަހަރު ދިވެހި ޤައުމު އެކި ރޮނގުރޮނގުން ތަރައްޤީކޮށް، ޤައުމާއި ރައްޔިތުން ބޭނުންވާ އެންމެހާ ޚިދުމަތްތައް ވިލަރެސް ކުރުމުގެ އެންމެ އިސްވެރީން ކަމުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި އެމަނިކުފާނު ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެންމެހާ… pic.twitter.com/FGkwsN6txM
— Qasim Ibrahim (@qasimibrahim) November 18, 2023