އެއާޕޯޓްގަ މަސައްކަތް ކުރާނެ ދިވެހި ޕީއާރުއޯ އިން ހަމަ ނެތީތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
އެއާޕޯޓްގަ މަސައްކަތް ކުރާނެ ދިވެހި ޕީއާރުއޯ އިން ހަމަ ނެތީތޯ؟

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް އަންނަ ފަތުރުވެރިންނާއި ހަވާލުވާނެ ޕީއާރުއޯ އިންގެ ގޮތުގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރަމުން ގެންދާތީ ގިނަ އަދަދެއްގެ ދިވެހި ޒުވާނުން ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

 

"ދިވެހިރާއްޖޭގެ މައި ދޮރާށީގެ މިއަދު މަސައްކަތް ކުރާނެ ނޫކަށިފުރައިގެ ދިވެއްސެއް ހަމަ ނެތީތޯ! ޕޭޖިން ބޯޑު ހިފައިގެން ފަތުރުވެރިންނަށް މަރުހަބާ ކިޔަން ބޭރު ބިދޭސީން ތިބުން ބަލައެއް ނުގަނެވޭ! ދިވެހިންނަށް ލަދުވެތިކަމެއް ދެއްތޯ!" މިއީ ސޯޝަލް މީޑިއާގައި މިއަދު ޒުވާނަކު ކޮށްފައިވާ ޕޯސްޓެކެވެ.

 

ޒުވާނުން ކަންބޮޑުވާ މި މައްސަލައަކީ އަންނަ ސަރުކާރުންވެސް ވިސްނައިލުން މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން