މުސްލިމުންގެ 3 ވަނަ ޙަރަމްފުޅު، މަސްޖިދުލްއަޤްޞާގައި ނަމާދުކުރަން ހުރިހާ ދިވެހިންނަށް ދަޢުވަތު ދެއްވާނެ ކަމަށް ފަސލްޠީންގެ ސަފީރު ވަލީދު އޭ.އެމް އަބޫޢަލީ ވިދާޅުވެއްޖެއެވެ.
ސަފީރު މިމޭރުމުން ވިދާޅުވީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް މަރުޙަބާ ދެންނެވުމަށް އިސްލާމިކް މިނިސްޓްރީއަށް ކުރެއްވި ޒިޔާރުތައެވެ.
"އިރާދަކުރެއްވިއްޔާ ހުރިހާ ދިވެހިންނަށް އެކުގައި މަސްޖިދުލްއަޤްޞާގައި ނަމާދުކުރުމަށް އަހުރެމެން ދަޢުވަތުދޭނަން. ފަލަސްޠީނު މިނިވަންވެ، އަލްޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމަށްވެގެން ދިއުމުން."
ސަފީރު ވަނީ ދިވެހި ރައްޔިތުން އަބަދުވެސް ފަލަސްޠީނަށް އެހީތެރިވާކަން ފާހަގަކުރައްވައިފައެވެ. "މުޅި ފަލަސްޠީނުން ލޭ އޮހޮރެމުންދާ މިފަދަ ވަޤުތެއްގައި ޣައްޒާއަށާ ފަލަސްޠީނަށް ދިވެހިން ފޯރުކޮށްދެމުން ގެންދާ އެހީތެރިކަމަށް ހިފެހެއްޓުމެއް ނެތި ޝުކުރު އަދާކުރަން."
Interview with His Excellency Mr. Walid A.M Abuali, Ambassador of Palestine, following a meeting with the Minister of Islamic Affairs, Dr. Mohamed Shaheem Ali Saeed. pic.twitter.com/phiKVLzMse
— Ministry of Islamic Affairs (@MVIaffairs) November 18, 2023