ޣައްޒާގެ މައިން މިއަދު ދަރިންގާތުގަ ބުނާ އަސަރުން ފުރިގެންވާ ބައެއް ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ޣައްޒާގެ މައިން މިއަދު ދަރިންގާތުގަ ބުނާ އަސަރުން ފުރިގެންވާ ބައެއް ވާހަކަ-

ޣައްޒާގެ މަންމައަކު ބުނެފައިވެއެވެ. 

އަހުރެންގެ ކުދި ދަރިން އަހުރެންނާ ކުރާ އެއް ސުވާލަކީ ބޮން އެޅުމުން މަރުވާއިރު ވަރަށް ތަދުވާނެހެއްޔެވެ؟ މަރުވާނީ ވަރަށް ގިނައިރު ތަދުވެފައިހެއްޔެވެ؟ 

އަހުރެން އެމީހުންނަށް ބުނަމެވެ. "ނޫނެކެވެ. އަޑާއިއެކު މަރުވާނެއެވެ. ތަދު އިޙްޞާޞެއް ނުވާނެއެވެ." ދޭން އޮތީ އެހެން ކޮން ޖަވާބެއް ހެއްޔެވެ؟ 

ކުރިން ބުނަމެވެ. "ދަރިންނޭވެ! ކަންބޮޑުނުވާށެވެ. އިސާހިތަކު މިބިރުވެރިކަން ނިމިދާނެއެވެ." ނަމަވެސް މިއަދު އެގޮތަށް ބުނެވޭކަށް ނެތެވެ. ނިމޭނެ ދުވަހެއް ލަފާވެސް ނުކުރެވޭތީއެވެ. 

އެހެންވެ މިއަދު ދަރިން ގާތުގައި ބުނަނީ "އަހަރެމެން އެންމެން އެއް ތަނެއްގައި ނިދާނީއެވެ. ބޮން އަޅައިގެން މަރުވާނަމަ މަރުވާނީ އެންމެން އެކުގައެވެ." އިތުރަށް ބުނަން އޮތީ ކޮން ވާހަކައެއް ހެއްޔެވެ؟

މިއީ މިއަދު ޣައްޒާގެ މައިން އެމީހުންގެ ކުދިދަރިން ގާތުގައި ބުނަމުން ގެންދާ ބައެއް ވާހަކަތަކެވެ. މިވާހަކަތަކަކީ ތިބާގެ ދުލުން ތިބާގެ ދަރިންގެ ގާތުގައި ބުންނަންޖެހޭ ވާހަކަތަކެއް ނަމަ ކުރާނެ އަސަރު ހިތަށް ގެންނާށެވެ!

މިއަދު އޮންލައިން