މާފުކުރަން ދެކޮޅުހެދުމަކީ ﷲ ތަޢާލާގެ އަމުރުފުޅަކަށް އިންކާރުކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
މާފުކުރަން ދެކޮޅުހެދުމަކީ ﷲ ތަޢާލާގެ އަމުރުފުޅަކަށް އިންކާރުކުރުން!

މީސްތަކުންނާއި މުޢާމަލާތް ކުރަންވީ ގޮތް ބަޔާން ކުރައްވަވައި ކީރިތި ގުރްއާނުގެ ސޫރަތުލް އަޢްރާފްގެ 199 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައިވެއެވެ. "ކަލޭގެފާނު ޢަފޫ ކުރެވުއްމުގައި ހިއްޕަވާށެވެ. އަދި ހެޔޮކަންތަކަށް އަމުރު ކުރައްވާށެވެ. އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ."

އެނގިގެން މިދަނީ ތިބާއަށް ޢަފޫކުރެއްވެވުން ވަނީ ތިބާ އެހެން މީހުންނަށް މާފުކުރާ މިންވަރަކުން ކަމެވެ.

މީސްތަކުންނަށް އޯގާތެރި ރަޙުމްކުރާ މީހަކު ކަމުގަވާށެވެ! اللهގެ ރަޙްމަތް ތިބާ އަށް ލިބޭނީ ތިބާ އެހެން މަޚްލޫގުންނަށް ރަޙުމްކުރި މިންވަރަކުންނެވެ.

އެއްވެސް މީހަކަށް ކުރެވުނު ކުށަކާއި ގުޅިގެން މާފަށް އެދިއްޖެނަމަ މާފުކުރަން ފަސްނުޖެހޭށެވެ! އޭނާގެކިބައިން މާދަމާ މާފަށް އެދެންޖެހޭނީ ތިބާކަމަށްވުމަކީވެސް ހަމަ ކައިރި ކަމެކެވެ. ކުށް ކުރެވެނީ ވަކި މީހަކަށް ނޫނެވެ. އެންމެންނަށްވެސް ކުށް ކުރެވޭނެއެވެ! އޭނާއަށް ކުށްކުރެވުނު ފަދައިން ތިބާއަށްވެސް ކުށް ކުރެވޭނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން