ޤަތަރު މެދުވެރިވެގެން ކުރެވުނު މަޝްވަރާތަކުން 4 ދުވަހަށް ހަނގުރާމަ މެދުކަނޑައިލުމުގެ ވަޤުތު ފެށުމުގެ އެންމެ ފަހު ވަޤުތުކޮޅުގައިވެސް ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ބެލީ ވީހާ ގިނަ ޙަމަލާތައްދީ ވީހާ ގިނަ ކުޑަކުދިން ޝަޙީދުކޮށް އަދި ހޮސްޕިޓަލްތަކަށްވެސް އިތުރަށް ގެއްލުން ދެވޭތޯއެވެ.
ޙަމަލާދިނުން މެދުކަނަޑައިލި ނަމަވެސް ޣައްޒާގެ ރައްޔިތުންނަށް ދެވެނީ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ހުއްދަކުރާ ތަންތަނަށެވެ. އިތުރު ސަރަޙައްދުތަކަށް ނުދިއުމަށް ގެންދަނީ އިންޡާރުދެމުންނެވެ. ޚިލާފްވާނަމަ ދަތުރުކުރާ ވެހިކަލްތަކަށް ގެންދަނީ ޙަމަލާދެމުންނެވެ.
“Residents of Gaza, the movement of the population from the south of the Strip to the north will not be allowed in any way, but only from the north to the south,” it read.
ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ބުނަނީ ދެކުނު ސަރަހައްދުން އުތުރު ސަރަހައްދަށް ނުދެވޭނެ ކަމަށާއި ދެވޭނީ އުތުރު ސަރަޙައްދުން ދެކުނު ސަރަޙައްދަށް ކަމަށެވެ.
ޣައްޒާގެ ގިނަ ރައްޔިތުން ބުނަނީ އެމީހުންގެ ގެތަކަށް ބޮން އަޅައި ބިމާއި ހަމަކޮށްލާފައިވުމުން ދާނެ ގެއެއް، ވަންނާނެ ގެއެއް ނެތް ކަމަށެވެ. ގެ ހުރިތަން ބަލައިލަން ދިއަ ރައްޔިތުންނަށް ޖެހުނީ ކަރުނައަޅައި ރޯށެވެ.
These children were brutally murdered by Israel in Gaza over the past few hours.#GazaGenocide #ceasefireInGazaNOW pic.twitter.com/F0wLyquyy1
— Wafa News Agency - English (@WAFANewsEnglish) November 24, 2023