އައްސަލާމް އަލައިކުމް ވަރަޙްމަތުﷲ!
އަޅުގަނޑު، ސ. ފޭދޫ / ސީމާ، ފާތިމަތު ޝާމިލާގެ މޭމައްޗަށް މި އަހަރު ޖެނުއަރީ 25 ވަނަ ދުވަހުގެ ވަގުތެއްގައި ކުއްލިއަކަށް އެރި ތަދަކުން ޑޮކްޓަރަކަށް ދައްކާ ޓެސްޓްތައް ހެދުމުން އެނގުނީ، އަޅުގަނޑު ބްރެސްޓް ކެންސަރަށް ޕޮސިޓިވްވެފައިވާ ކަމަށެވެ.
ހަމަ އެއާއިއެކު އެމަޖެންސީކޮށް ފަރުވާ ފަށަން ޖެހޭކަމަށާއި، ކެންސަރު ޖެހިފައިހުރީ ސްޓޭޖް -2 ގައި ކަމަށް ޑޮކްޓަރ ބުނެފައިވެއެވެ. އަދި ވީހާވެސް އަވަހަށް ސަރޖަރީ ކުރަންޖެހޭ ކަމަށް ޑޮކްޓަރ އެންގުމާއިއެކު، ފެބުރުއަރީ 01 ވަނަ ދުވަހު މިކަމަށް ކުރަންޖެހޭ ސަރޖަރީގެ ކުރިން ހަދަންޖެހޭ އެންމެހާ ޓެސްޓްތައް ހެދުމަށް އަމިއްލަ އަތުން ވަރަށް ބޮޑެތި ޚަރަދުތަކެއް ކުރެވިފައިވެއެވެ.

އަދި އެމެޖެންސީކޮށް ޓެސްޓްތައް ހެދުމަށްފަހު ހަމަ އެދުވަހުގެ ވަގުތެއްގައި ސަރޖަރީކޮށްއަޅުގަނޑުގެ ، ކަނާތްފަރާތު އުރަމަތީގައި ގިނަ އަދަދަކަށްހުރި ލިންފް ނޮޑްސްތައްވެސް ރިމޫވް ކުރެވުނެވެ. މި ސަރޖަރީއަށްފަހު މާރިޗް 11 ވަނަ ދުވަހު ވަނީ ކީމޯ ތެރަޕީ ދޭން ފަށާފައެވެ. އެގޮތުން ޖުމްލަ 8 ކީމޯތެރަޕީ އާއި އެކު 15 ރޭޑިއޭޝަން ދޭން ޖެހޭކަމަށް ޑޮކްޓަރ ބުނެފައިވެއެވެ. ޑޮކްޓަރ ބުނެފައިވަނީ، މި ކެންސަރު ހުރި މިންވަރުން އަޅުގަނޑަށް ދޭންޖެހޭނީ އެންމެ ހައި ޑޯޒްގެ ކީމޯ ތެރަޕީކަށެވެ
ހަށިގަނޑު އެކި ސަރަހައްދަށް މި ބަލި ފެތުރެމުންދާކަމަށް ޑޮކްޓަރ ބުނެފައިވާތީ އިތުރު ޓެސްޓްތަކެއް ހެދުމަށް ޑޮކްޓަރ އަންގާފައިވެއެވެ
ވަރަށްވެސް ވޭންހުރި މި ބަލީގެ ފަރުވާ ކުރިޔަށް ގެންދިއުމަށް، އާސަންދައަށް ހުށަހަޅެމުން މި ބައްޔަށް ބޭސް ކުރަން އެޑްމިޓް ކުރުމުން ބޭސްފަރުވާގެ ކަންކަން އާސަންދައިގެ ދަށުން ކުރެވޭނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ލަންކާގައި ކުރެވުނު ހިތި ތަޖުރިބާގެ ސަބަބުން، މި ފަރުވާ ދެން ކުރިޔަށް ގެންދަން ބޭނުންވަނީ އިންޑިއާގައެވެ. އެހެންނަމަވެސް ފަރުވާއަށް ބޭނުންވާ ބޭސް ގަތުމާއި، ހުރުމާއި ކެއުންފަދަ އިންސާނަކަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމަށާއި އެހެނިހެން ޚަރަދުތައްވެސް ކުރަން ޖެހޭނީ އަމިއްލަ ޚަރަދުގައެވެ.

މި ބަލީގައި 1 އަހަރުވެގެންދާއިރު މާލީ ގޮތުން އެތައް ހޭދައެއްވެސް ކުރެވިފާއިރު، އިސްވެ ދެންނެވި ކަންކަން ކުރުމަށް އަޅުގަނޑުގެ މާލީ ހާލަތު އެއްވެސް ވަރަށް ތަނެއް ނުދެއެވެ. މާލީ ހާލަތު އެހާދަށްވެ އަޅުގަނޑު ނަފްސާނީ ގޮތުން ބަލިބޮޑުވެ، ޑިޕްރެޝަނަށް ގޮސް، މިއަދު މިވަނީ ވަރަށްވެސް ބޮޑު ދަތި އަދި އުނދަގޫ ވޭންހުރި ހާލަތަކަށް ގޮސްފައެވެ. މިކަންކަން މިހެން ހުރުމާއި އެކު، އަޅުގަނޑުގެ ހާލަތާއި މެދު ފުންކޮށް ވިސްނަވައިލެއްވެވުމަށްފަހު، ވެދެއްވެން އޮތް މާލީ އެހީތެރިކަމުގެ އަތެއް ދިއްކޮށްލެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އާދޭހާއި އެދުމެކެވެ. އަޅުގަނޑު މިވަގުތު މިހުރީ ރާއްޖެއިން ބޭރުގައި ސްރީލަންކާ ގައެވެ
އެހީތެރިކަމެއް ފޯރުކޮށްދެއްވާއި އެކު އެންމެހާ ފަރާތްތަކުގެ ހެޔޮ ދުޢާ އަކީ، މިވަގުތު އަޅުގަނޑުގެ ސަލާމަތަށް ކޮށްދެވޭނެ ވަރަށް ބޮޑު ހެޔޮ ކަމެއް ކަމުގައި ދެކެމެވެ
އަޅުގަނޑުގެ އެކައުންޓް ނަމްބަރަކީ؛ 7701149818101
ފާޠިމަތު ޝާމިލާ ޝާކިރު
ފޯން: 9609193711 +(ވައިބަރ)