މުސްލިމުންގެ ތެރެއިންވެސް އެންމެންނަށް ސުވަރުގެ ނުލިބޭނެކަން އެބަ އެނގެއެވެ. ކުރެވޭ ފާފައިގެ ސަބަބުން ނަރަކައިގައި އެކި މުއްދަތަށް ތިބެން ޖެހޭނެ ބައަކުވެސް މުސްލިމުންގެ ތެރޭގައި ވާނެތީއެވެ.
ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް ޝަހާދަތް ކިޔައި އުޅުނު ކޮންމެ މީހަކުވެސް ސުވަރުގެ ވައްދަވާނެތެވެ. ނަމަވެސް މީޒާނުގައި އެމީހެއްގެ ޢަމަލުތައް ކިރައި ލެވޭހިނދު އެމީހަކު ކޮށްފައިވާ ފާފަތައް ގިނަވެއްޖެނަމަ އެފާފަތަކަށް ޢަޛާބުދެއްވެވުމަށްފަހުގައެވެ.
ފާފަކުރަން ބިރުގަންނަންވީ އެސަބަބަށްޓަކައެވެ. ނަމާދުނުކޮށް ހުންނަން ނުވާނީ އެ ސަބަބަށްޓަކައެވެ. ނަމާދުން ﷲޭލްވެއްޖެނަމަ އެމީހާގެ ހުރިހާ ޢަމަލުތަކެއް ފޭލްވެ ނަރަކައަށް ވަންނަން ޖެހޭނެކަން އެނގެން އޮތުމުންނެވެ.
އެހެންކަމުން ސުވަރުގެ ލިބޭނީ ކޮން ބައަކަށް ކަމާއިމެދު ގިނަ ބައަކު ސުވާލު ކުރެއެވެ.
ސުވަރުގެ ލިބޭނީ ސުވަރުގެ ލިބުން އެދި ގަދައަޅައި މަސައްކަތް ކުރި ބައަކަށެވެ. އެކަމަށް ދޭން ޖެހޭ ސަމާލުކަން ދީގެން ގަދައަޅައި މަސައްކަތްކުރި ބައަކަށެވެ. ސުވަރުގެ ހާޞިލްކުރަން މަސައްކަތްކުރާ މީހާ ކަންނެތް ވެގެން ނުވާނެއެވެ. ފަރުވާ ކުޑަކޮށްގެން ނުވާނެއެވެ. އަބަދުވެސް އެކުރާ މަސައްކަތެއްގައި ދެމިހުންނަން ވާނެއެވެ.
--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން