ޢިބްރަތްތެރި ވާހަކަ: ކާފަރަކަށްހުރެ، އެކުވެރިން ނަމާދުކުރާތީ ނަމާދުކުރީމާ ވާގޮތް ބަލައިލަން ނަމާދެއްކުރި އަންހެނަކަށް ކުރެވުނު ތަޖުރިބާއިން އިސްލާމްވި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޢިބްރަތްތެރި ވާހަކަ: ކާފަރަކަށްހުރެ، އެކުވެރިން ނަމާދުކުރާތީ ނަމާދުކުރީމާ ވާގޮތް ބަލައިލަން ނަމާދެއްކުރި އަންހެނަކަށް ކުރެވުނު ތަޖުރިބާއިން އިސްލާމްވި ގޮތުގެ ވާހަކަ-

އެއީ ޢުމުރުން 23 އަހަރުގެ އަންހެނެކެވެ. އޭނާގެ އެކުވެރިންގެ ތެރޭގައި މުސްލިމް 2 އަންހެނުން ތިބެއެވެ. އެ 2 އެކުވެރިންނަކީ ވަޒީފާގައި އުޅެމުންވެސް ޤަވާއިދުން ނަމާދުކުރާ 2 އަންހެނުންނެވެ.  

އެ 2 އެކުވެރިން ނަމާދުކުރަން އެހައި ބޮޑަށް ސަމާލުކަންދޭތީ ނަމާދުކުރީމާ ވާގޮތެއް ބައިލުމުގެ ބޭނުމުގައި މުސްލިމުން ފަދައިން ހެދުން އަޅައިގެން އެމީހުންނާއިއެކު އޭނާ ނަމާދެއް ކުރިއެވެ.  

ނަމާދުކުރުން ވެގެން ދިއައީ އޭނާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަކަށެވެ. އެހެންވެ ކޮންމެ ފަހަރަކު އެކުވެރިންނާއިއެކު ނަމާދުކުރަން ފެށިއެވެ.  

ނަތީޖާ އެނގޭހެއްޔެވެ؟ އިސްލާމް ދީން އުނގެނެން ޝައުޤުވެރިވެ ޤުރްއާން ކިޔައި މަޢުލޫމާތު އޮޅުންފިލުވައިގެން އިސްލާމްވީއެވެ. އިސްލާމްވެ ޙަޤީޤީ މާނައިގައި ނަމާދުކުރާ އަންހެނަކަށް ބަދަލުވީއެވެ.  

އޭނާ ބުނާ ގޮތުން ކަންކަން އެގޮތަށް ބަދަލުވެގެން ދިއައީ ކުރި ފުރަތަމަ ނަމާދާއިއެކު ލިބުނު ހިތްހަމަޖެހުން ބޮޑުކަމުންނެވެ. ހިތުގައި ހުރި ހުރިހާ ކަންބޮޑުވުންތަކެއް ފިލައިގެން ދިއުމުންނެވެ. އަމިއްލަ ނަފްސަށް އިތުބާރު ބޮޑުވެ ހިތްވަރު ލިގިގެންދިއައީތީއެވެ.  

މީސްތަކުންނޭވެ! މިހުންނަނީ ނަމާދުގެ ހުރި ފައިދާތަކެވެ. އޭނާ އިސްލާމް ނުވެ ހުރެ ކުރި ނަމާދަކީ އަޞްލު ނަމާދަކަށްވެސް ނުވާނެއެވެ. އެކަން ވާނީ އޭނާ ކުރި ޙަރަކާތްތަކަކަށެވެ. އެހެނަސް އޭނާއަށް ލިބިގެންދިއަ ބޮޑު ފައިދާ ނިކަން ދެކި ބަލާށެވެ!  

އަހުރެމެންނަކީ މުސްލިމުންނެވެ. އަހުރެމެންނަށް މިއުޅެނީ ނަމާދުކުރަންވާ ގޮތަށް ނަމާދެއް ކޮށްނުލެވިގެންނެވެ. ޚުޝޫޢަތްތެރިކަމާއިއެކު ނަމާދެއް ކޮށްލެވިއްޖެނަމަ ކުރާނެ ބޮޑު ފައިދާ ނިކަން ދެކިބަލާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން