މޫނުގައި އެންމެ މަސްކޮޅެއްވެސް ނެތް، ބުރުސޫރަ ހުތުރު މީހެއްގެ ގޮތުގަ މަޙްޝަރުކުރެއްވޭނެ މީހުން ގިނަވަނީ-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
މޫނުގައި އެންމެ މަސްކޮޅެއްވެސް ނެތް، ބުރުސޫރަ ހުތުރު މީހެއްގެ ގޮތުގަ މަޙްޝަރުކުރެއްވޭނެ މީހުން ގިނަވަނީ-!

ޢަބްދުﷲ އިބްނު ޢުމަރުގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.

"މީހާ ސަލާންޖަހާ މީހެއްގެ ގޮތުގައި ހުރެ މަރުވެއްޖެކަމުގައިވާނަމަ، ޤިޔާމަތް ދުވަހުން، ﷲ ގެ ޙަޟްރަތަށް އޭނާ މަޙްޝަރު ކުރެއްވެވޭހުށީ މޫނުގައި އެންމެ މަސްކޮޅެއްވެސް ނެތް، ބުރުސޫރަ ހުތުރު މީހެއްގެ ގޮތުގައެވެ." (ޞަޙީޙް މުސްލިމް: 1724)

ދިރިއުޅެންކުރާ މަސައްކަތެއްގެ ގޮތުގައި ސަލާންޖެހުން އިޚްތިޔާރު ނުކުރާށެވެ. މި ޙަދީޘްފުޅަށް ބިރުވެތިވާށެވެ. ސަލާންޖެހުމަކީ ހަމައެކަނި އަތްދިއްކުރުމެއް ނޫނެވެ. ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ފުރަތަމަ ކަމެއްގެ ގޮތުން މީހުންގެ ގާތު ކަންކަމު އެދުމަކީވެސް ސަލާންޖެހުމެވެ.

ވީމާ ދިރިއުޅެން މަސައްކަތްކުރެވޭ ޙާލުގައި ހުރެ މަސައްކަތްނުކޮށް އެހެން މީހުންގެ ގާތުން ކޮންމެ ކަމަކަށް އެދުން އަވަހަށް ހުއްޓައިލާށެވެ! މިޙަދީޘްފުޅުގައިވާފަދަ މީހަކަށް ނުވެ ސަލާމަތްވެވޭނީ ދެން އެހެން އެއްވެސް ގޮޕތެއް ނެތި މަޖުބޫރުވެގެން ނޫނީ ސަލާން ނުޖެހުމުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން