ސަމާލުވާންޖެހޭ ކަމެއް! އެކުވެރިންގެ ގޮތުގައި ނުބައި މީހުން ހޯދިއްޖެނަމަ އަލިފާނާ ނުލައި ތިބާގެ 2 ގެ ވެސް އަންދައިލާނެ! ތިބާގެ ގައިގައި ހުޅުވެސް ރޯކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ސަމާލުވާންޖެހޭ ކަމެއް! އެކުވެރިންގެ ގޮތުގައި ނުބައި މީހުން ހޯދިއްޖެނަމަ އަލިފާނާ ނުލައި ތިބާގެ 2 ގެ ވެސް އަންދައިލާނެ! ތިބާގެ ގައިގައި ހުޅުވެސް ރޯކުރާނެ!

ކޮންމެ މީހަކީވެސް އެކުވެރިން ބޭނުންވާނެ މީހެކެވެ. އެހެނަސް އެކުވެރިން އިޚްތިޔާރުކުރަންޖެހޭނީ ވަރަށް ބޮޑަށް ވިސްނައި ސަމާލުކަންދީގެންނެވެ. ނޫންނަމަ އަލިފާނާއި ނުލައި ތިބާގެ 2 ގެވެސް އަންދައިލާނެއެވެ. އަދި ތިބާގެ ގައިގައި ހުޅުވެސް ރޯކުރާނެއެވެ! އެކަން މެދުވެރިވާ ގޮތް މިކިޔައިދެނީއެވެ.  

ފުރަތަމަ ގެއަކީ ދުނިޔޭގައި ތިބާ ދިރިއުޅޭގެއެވެ. ނުބައި އެކުވެރިންގެ ސަބަބުން ޢާއިލާގެ މީހުންނާއި ގުޅުން ކެނޑިގެންދާނެއެވެ. ގޭތެރޭގައި ފިތުނަ ފަސާދަ އުފެދޭނެއެވެ. އެކަމުން ރޯވާ ހުޅުގަނޑުގެ ސަބަބުން ގެއަނދައިގެންދާނެއެވެ.  

ހަމައެއާއިއެކު ނުބައި އެކުވެރިންގެ ސަބަބުން ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހެއެވެ. ޢާއިލީ ދިރިއުޅުން ބަރުބާދުވެގެންދެއެވެ. ވަރިވެ ދެތަންވާންޖެހެއެވެ. އެޙާލަތުގައި އަނދައިގެން އެދަނީ ތިމާގެ ޙަޔާތެވެ.  

ދެން އޮތީ އެންމެ މުހިންމު ކަންތަކެވެ. އެއީ ކައްވަޅުގައި ހޭދަކުރަންޖެހޭ ދުވަސްތަކާއި އާޚިރަތް ދުވަހެވެ. އާޚިރަތް ދުވަހު ނަރަކައަށް ވަންނަންޖެހޭ އެންމެ ގިނަ ބައަކު އެންމެ ބޮޑަށް ހިތާމަކުރާނީ ދުނިޔޭގައި ނުބައި އެކުވެރިން އިޚްތިޔާރުކުރެވުނީތީއެވެ. އެއީ ނަރަކައަށް ވަންނަން ޖެހުނު ސަބަބު ކަމުގައި އެއެކުވެރިން ވެގެންދާތީއެވެ.  

މިޙާލަތުގައި އެނުބައި އެކުވެރިން އެވަނީ ތިބާގެ އާޚިރަތުގެ ގެދޮރުގައި ހުޅުޖަހައި އަންދާލައި އަދި އެންމެ ހޫނުކަންގަދަ އަލިފާނުގެ ހުޅުގަނޑަށް ވައްދުވައިފައެވެ. ތިބާގެ ގައިގައިވެސް އެހޫނުގަދަ އަލިފާން ރޯކުރުވައިފައެވެ.  

ވީމާ އެކުވެރިން އިޚްތިޔާރުކުރަންވާނީ މިކަންކަމަށް ވަރަށް ބޮޑަށް ބަލައިގެންނެވެ. ދުނިޔެއާއި އާޚިރަތް ސަލާމަތްކުރެވޭނީ އެއިރުންނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން