އަނބިމީހާގެ ހުރި ރީތިކަން ނުފެނިގެން ތިއައުޅޭ ސަބަބު: ޝައިޚް މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
އަނބިމީހާގެ ހުރި ރީތިކަން ނުފެނިގެން ތިއައުޅޭ ސަބަބު: ޝައިޚް މުޙައްމަދު ހޮބްލޮސް

މިއަދުގެ ޒުވާން މުސްލިމުންގެ ތެރެއިން ގިނަ ބައަކަށް މިވަނީ ވަރަށް ބޮޑު މައްސަލައެއް ކުރިމަތިވެފައެވެ. އެއީ ހުޅަނގުގެ މީހުން އުޅޭ ގޮތާއި ކުރާ ކަންކަން ލޮލަށް ފެނުމުން އެކަންކަމަކީ ތިމާއަށްވެސް އެންމެ ފައިދާހުރި ކަންކަން ކަމުގައި ބަލައިގަނެވުމެވެ.  

ލޮލަށް ފެންނަން ފެނުމަށް އިތުބާރުކުރެވެނީއެވެ. އެކަންކަން ކުރުމުން ތިމާއަށްވެސް ހިތްހަމަޖެހުން ލިބޭނެ ކަމަށް ޤަބޫލުކުރެވެނީއެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅު ދޫކޮށްލެވެނީއެވެ. ޙަރާމް ކުރައްވަވާފައިވާ ކަންކަން ކުރެވެނީއެވެ.  

މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެހެނީ ފުރަތަމަ ކަމަކަށް ތިބާއަށް ދެ ލޯ ދެއްވެވީ ﷲ ތަޢާލާއެވެ. ދެލޮލަށް ފެނުން ދެއްވެވެވީވެސް ﷲ ތަޢާލާއެވެ. ދެލޮލަށް ފެންނަނީވެސް ﷲ ތަޢާލާގެ އިޛްނަފުޅާއިއެކުގައެވެ. އެކަލާނގެ ބޭނުންފުޅުވެވޮޑިގެންފިނަމަ ކޮންމެ ވަޤުތަކުވެސް ތިބާގެ ދެލެލުގެ ފެނުން އަނބުރާ ގެންދެވުމަށް އެކަލާނގެ ކުލަދުންވަންތައެވެ. އިތުރަށް ދުވަހަކުވެސް ތިބާއަށް އެއްވެސް ތަނެއް ނުދެއްކެވުމަށްވެސް ކުޅަދުންވަންތައެވެ.  

ލޮބުވެތި ޒުވާނުންނޭވެ! އިތުބާރުކުރަންވީ ލޮލަށް ފެންނަ ކަންކަމަކަށް ނޫނެވެ. އިތުބާރުކުރަންވީ ﷲ ތަޢާލާގެ ވަޙީބަސްފުޅަށެވެ. ﷲ ތަޢާލާ ކަމެއް ޙަރާމްކުރައްވަވައިފިނަމަ އެކަމަކީ ޙަރާންކަމެއްގެ ގޮތުގައި ބަލައިގަންނާށެވެ!  

ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަންކަން ޒީނަތްތެރިކޮށްގެން ތިބާއަށް ދައްކުވަނީ ޝައިޠޯނާއެވެ. ބެލުންތައް ތިރިކުރަން އަންގަވާފައިވާކަން އެނގޭއިރުވެސް އެކަން ނުކުރެވެނީ ޝައިޠޯނާގެ ސަބަބުންނެވެ. 

ބުނަންހެއްޔެވެ؟ ބެލުންތައް ތިރިނުކުރެވޭ މީހަކަށް ދުވަހަކުވެސް އެމީހާގެ އަނބިމީހާގެ ހުރި ރީތިކަމެއް ނުފެންނާނެއެވެ. އަނބަދުވެސް ރީތިވާނީ ލޮލަށް ފެންނަ އެހެން މީހުންނެވެ. ގިނަ ކައިވެނިތައް ރޫޅެމުން މިދަނީވެސް ހަމަ އެސަބަބަށްޓަކައެވެ. ވީމާ އާޚިރަތް ދުވަހު ސަލާމަތްވެވުމުގެ އިތުރުން ދުނިޔޭގެ ދިރިއުޅުންވެސް ސަލާމަތްކުރެވެން މިއޮތީ ބެލުންތައް ތިރިކުރެވުނު ވަރަކުންނެވެ.  

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން