މީހަކަށް ބޮޑުފާފައެއް ކުރެވިފައި އޮތްނަމަވެސް އޭނާއަކީ އެންމެ ނުބައި މީހަކުކަމަށް ދެކި ނުބައި ބަސްތައް ނުބުނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
މީހަކަށް ބޮޑުފާފައެއް ކުރެވިފައި އޮތްނަމަވެސް އޭނާއަކީ އެންމެ ނުބައި މީހަކުކަމަށް ދެކި ނުބައި ބަސްތައް ނުބުނާށެވެ!

ޒަމާން ފަސްވަމުން އަންނަވަރަކަށް ފާފަކުރުން ގިނަވާނެއެވެ. އެހަނަސް ފާފަކުރެވޭ ކޮންމެ މީހަކާއިމެދު އަމިއްލައަށް ގޮތް ނުނިންމާށެވެ. އެހެންވެ މިބުނެދެނީ ދިމާވާ ދެގޮތެކެވެ. 

ކޮންމެވެސް މީހަކަށް ބޮޑު ފާފައެއް ކުރެވުނީއެވެ. ބަލަން ތިބޭ މީހުން އަވަސް އަރުވާލައި އޭނާއާއިމެދު ގޮތް ނިންމައިލައެވެ. އެއީ ވަރަށް ނުބައި މީހަކު ކަމަށް އެބަ ކަނޑައަޅައެވެ. 

ކޮންމެވެސް މީހަކު ކުދިފާފަތައް ކުރާ މީހެކެވެ. އޭނާއަށް އެކުރެވެނީ ފާފައެއް ކަމަށްވެސް އޭނާއަކަށް ޤަބޫލެއް ނުކުރެވެއެވެ. ދެންވާގޮތް ބުނަން ހެއްޔެވެ؟ 

ބޮޑުފާފަ ކުރެވުނު މީހާ ތައުބާވީއެވެ. ތައުބާވުމުން އޭނާގެ ދަރަޖަ އުފުލިގެންދާނެއެވެ. އިން ޝާ ﷲ. އެއިގެ ބަދަލުގައި ކުޑަފާފަ ކުރި މީހާ ފާފަކޮށްފައި އޭނާއަށް ކުރެވުނީ ފާފައެއް ނޫން ކަމަށް ބުނާނަމަ، އެކަން ތަކުރާރުކުރާނަމަ އޭނާގެ ކުށް އެތައް ގުނައަކަށް ބޮޑުވެގެންދެއެވެ. 

ވީމާ މީހަކަށް ކުރެވުނީ ބޮޑު ފާފައެއްކަމަށް ވިސްނޭއިރަށް އެމީހަކީ އެންމެ ނުބައި މީހުންގެ ތެރެއިން މީހަކުކަމަށް ނިންމައިގެންނުވާނެއެވެ. ކުރިން މިބަޔާންކުރިފަދައިން އޭނާ ތައުބާވުމުން އޭނާގެ ދަރަޖަ އުފުލިގެންދާނެތީއެވެ. 

ﷲ ތަޢާލާގެ ޙަޟްރަތުގައި ދަރަޖަ އުފުލުމާއި ދަރަޖަ ދަށްވުން ވަނީ ކުރެވުނު ފާފައިގެ މައްޗަކަށް ނޫނެވެ. ތައުބާވުމާއި ނުވުމުގެ މައްޗަށެވެ. ވީމާ މީހަކަށް ބޮޑުފާފައެއް ކުރެވިފައި އޮތުމަކީ އޭނާއަކީ އެންމެ ނުބައި މީހެއްކަމަށް ޤަބޫލުކުރަން އޮތް ސަބަބެއް ކަމަށް ނުދެކޭށެވެ. އެފަދަ ބަސްތައް ނުބުނާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން