ދެކަނޑު ދެމެދުގައިވާ ހުރަސް-: ވިސްނައިފި މީހަކު ޙައިރާންވެ އަންތަރީސްވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ދެކަނޑު ދެމެދުގައިވާ ހުރަސް-: ވިސްނައިފި މީހަކު ޙައިރާންވެ އަންތަރީސްވާނެ!

ދެން މިރިޕޯޓުގައި ބަލާލާނީ ހެޔޮ ފެނުގެ ކޯރާއި، ލޮނުފެނުގެ ކަނޑު، އެކަތި އަނެކަތީގެ މައްޗަށް ގަދަވުމެއް އަރާރު މެއްނެތި ލައްވަވާފައި ވާ ޢަޖާޢިބުން ފުރިގެންވާ ނިޒާމަށް. ތަފާތުގިނަ ދިރާސާތަކަކަށްފަހު ސައިންސްވެރިންނަށް އަދިއަދަށް ދާންދެންވެސް މިކަމުގައި ސާފުޖަވާބެއް ހޯދިފައި ނުވޭ. އެގޮތުން މާނަވީ ނުވަތަ ޙިއްސީ ވިއަސް، ކޮންމެވެސް ހުރަހެއް އެދެމެދުގައިވާކަމަށް މިއަދުގެ ސައިންސް ވަނީ އިއްތިފާޤުވެފައި. 

މި ދެމަޚްލޫޤު އެކުނުވެ ވަކި ޙުދޫދެއްގެތެރޭގައި އޮތުމަށް ލާޒިމް ކުރީ ކޮންކަމެއްތޯ! އާދެ ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އަލްފުރްޤާން ސޫރަތު ގައި ބަޔާން ކުރައްވާފައިވަނީ މިފަދައިން. 

وَهُوَ الَّذِى مَرَجَ الْبَحْرَيْنِ هَذَا عَذْبٌ فُرَاتٌ وَهَذَا مِلْحٌ أُجَاجٌ, وَجَعَلَ بَيْنَهُمَا بَرْزَخً وَحِجْرًا مَّحْجُورًا (سورة الفرقان 53) 

ރަސޫލާ ދިރިއުޅުއްވި ރަށްކޮޅުން މިފަދަކަނޑެއް އެކަލޭގެފާނަށް ފެނިވަޑައިގަތުމުގެ ފުރުޞަތެއް ނެތްއިރު ދުނިޔޭގެ ނިސްބަތުން ވެސް މިފަދަ ކަނޑުތައް މަދުއިރު، ޤުރްއާނަކީ ރަސޫލާ   އަމިއްލަފުޅަށް ގެންނެވި އެއްޗެއް ކަމުގައިވާނަމަ މިފަދަ ޢިލްމީ ޙަޤީޤަތްތައް އެކަލޭގެފާނު ބަޔާން ކުރައްވާނީ ކިހިނެއްތޯ!

- މަސްދަރު: ނަޞޭޙަތް

މިއަދު އޮންލައިން