މަރުދެކެ ބިރުގަންނަ މީހަކަށް ނުވެ ދުނިޔޭގަ އުޅެވޭނީ ކިހިނަކުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
މަރުދެކެ ބިރުގަންނަ މީހަކަށް ނުވެ ދުނިޔޭގަ އުޅެވޭނީ ކިހިނަކުންތަ؟

ބައެއް މީހުން ކުރާ ސުވާލަކެވެ. "މަރުވެދާނެކަމަށް މުސްލިމުން ބިރުނުގަންނަނީ ކީއްވެގެން ހެއްޔެވެ؟"  

ޖަވާބަކީ މުސްލިމުންނަކީ ކޮންމެ ވަޤުތަކުވެސް މަރުވެދާނެކަން ޤަބޫލުކޮށްގެން ތިބޭބައެކެވެ. އަދި މަރުވުމަކީ ނިމުން ނޫންކަމަށާއި މަރުވުމުން ދެން ތިބޭނީ ﷲ ތަޢާލާގެ މާތަނަވަސް ރަޙްމަތުގައިކަންވެސް ޤަބޫލުކޮށްގެން ތިބޭ ބައެކެވެ. ވީމާ މަރުވެދާނެ ކަމަށް ނުވަތަ ނުވަތަ މީހަކު ތިމާ މަރާލައިފާނެ ކަމަށް މުސްލިމުން ބިރެއް ނުގަންނާނެއެވެ.  

އެއިގެ ބަދަލުގައި މުސްލިމުން ބިރުގަންނާނީ ހެޔޮ ޢަމަލުތައް ކުރެވޭވަރު މަދުވެދާނެތީއެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ނޫންގޮތަކަށް މަރުވެދާނެތީއެވެ.  

މިއަދު ގިނަ ބައަކު މަރުދެކެ ބިރުގަނެއެވެ. ތިބެނީ މަރުވެދާނެތީ ބިރުންނެވެ. އެއީ އެމީހުންނަށް ހެޔޮޢަމަލުތައް ނުކުރެވޭތީއެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ނުއުޅެވޭތީއެވެ. ނަމާދުނުކުރެވޭތީއެވެ. ޛިކުރް ނުކުރެވޭތީއެވެ. ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރެވޭތީއެވެ.  

ވީމާ މަރުދެކެ ބިރުން ހުންނަ މީހަކަށް ވާން ބޭނުން ނުވާނަމަ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށް ދުނިޔޭގައި އުޅެން މަސައްކަތްކުރާށެވެ. އެއިރުން މަރުވެދާނެތީ ބިރުން އުޅޭކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން