އެއްވެސް މީހަކީ އިޞްލާޙް ނުވާނެ ނުބައި މީހެއް ކަމަށް ބަލައި ހެޔޮނަޞޭޙަތް ދޭން ފަސް ނުޖެހޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އެއްވެސް މީހަކީ އިޞްލާޙް ނުވާނެ ނުބައި މީހެއް ކަމަށް ބަލައި ހެޔޮނަޞޭޙަތް ދޭން ފަސް ނުޖެހޭށެވެ!

އެއްވެސް މީހަކީ މުނާފިޤެއް ނޫނީ އިޞްލާޙް ނުވާނެ މީހެއް ކަމަށް ބަލައި ހެޔޮނަޞޭޙަތް ދޭން ފަސް ނުޖެހޭށެވެ! ފުރަތަމަ ކަމަކީ އޭނާގެ ހިތް އަހުރެމެންނަކަށް ނުއެނގޭނެއެވެ. 

އެކަމުގެ ދަލީލަކީ އެންމެ ނުބައި ޢަމަލުތައް ކުރަމުން ދިއަ ފިރުއަޢުނަށް އޯގާތެރިކަމާއިއެކު ނަޞޭޙަތް ދެއްވެވުމަށް ﷲ ތަޢާލާ މޫސާގެފާނަށް އެންގެވިކަމެވެ. 

މީސްތަކުންނޭވެ! ކިތަންމެ ނުބައި މީހަކަށް ނަމަވެސް ނަޞޭޙަތް ދިނުމުން ޤަބޫލުކޮށްވެސް ކޮށްފާނެއެވެ. އޭނާގެ ހިތުގައި ޠީހިރުކަމުގެ މިންވަރެއް ހުރެދާނެއެވެ. އެއީ އަހުރެމެންނަށް އެނގޭނެ ކަމެއް ނޫނެވެ. 

ދެން އޮތީ ނަޞޭޙަތް ދިނުމުން އޭނާ އެކަން ޤަބޫލުނުކުރުމެވެ. އެއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. އަހުރެމެންނަށް އޮތީ ނަޞޭޙަތް ދިނުމެވެ. ޤަބޫލުކުރުމާއި ނުކުރުމަކީ އެމީހާގެ ކިބައިގައި އޮތްކަމެކެވެ. ނަޞޭޙަތް ދިނުމުން އަހުރެމެންގެ މައްޗަށް އޮތް ވާޖިބް އަދާކުރެވުނީއެވެ. އެކަމަށް ޙައްޤު ޖަޒާ ނަޞޭޙަތް ދިން މީހަކަށް ﷲ ތަޢާލާ ދެއްވަވާނެތެވެ. 

އަދިވެސް ބުނަން ހެއްޔެވެ؟ ވަރަށް ނުބައިކޮށް އުޅޭ މީހުންނަށްވެސް ނަޞޭޙަތް ދިނުމުން އިޞްލާޙްވެއެވެ. އެގޮތުން ގިނަ ބައަކަށްވަނީ ތެދުމަގު ލިބިފައެވެ. އެމީހުން އިބްލާހްވުމަށްފަހު ވަނީ އިސްލާމް ދީނަށް ބޮޑެތި ޚިދުމަތްތައް ކޮށްފައެވެ. ދީނަށް ނަޞްރުދީފައެވެ. ވީމާ އެއްވެސް މީހަކީ އިޞްލާޙްނުވާނެ މީހަކު ކަމަށް ނިންމައިގެން ނުވާނެއެވެ. 

- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން  

މިއަދު އޮންލައިން