ދަތިހާލުގައިވާ މީހެއްގެ ދަތިކަން ފިލުވައިދީފިނަމަ އެމީހަކަށް ދިމާވާ ދަތިކަން ﷲ ތަޢާލާ ފިލުއްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ދަތިހާލުގައިވާ މީހެއްގެ ދަތިކަން ފިލުވައިދީފިނަމަ އެމީހަކަށް ދިމާވާ ދަތިކަން ﷲ ތަޢާލާ ފިލުއްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ: މުފްތީ މެންކް

ދަތިހާލުގައިވާ މީހެއްގެ ދަތިކަން ފިލުވައިދީފިނަމަ އެމީހަކަށް ދިމާވާ ދަތިކަން ﷲ ތަޢާލާ ފިލުއްވަވައި ދެއްވަވާނެތެވެ. ދަތިޙާލުގައިވާ މީހެއްގެ ޙާޖަތް ދުނިޔޭގައި ފުއްދައިދިން މީހަކަށް ޤިޔާމަތް ދުވަހު އެމީހާގެ ޙާޖަތެއް ފުއްދަވައި ދެއްވަވާނެކަމަށް އޮތް ބަސްފުޅަށް ވިސްނައި އެފުރުޞަތު ލިބިގަންނަން މަސައްކަތްކުރާށެވެ.

ދުނިޔޭގައި ލިބެން އޮތް 1 މިލިއަން ޑޮލަރަށްވުރެ އެކަމުގެ ފައިދާ މާބޮޑުވާނެއެވެ! ފަޤީރަކަށް ކުރިމަތިވެފައިވާ ދަތިޙާލަކުން އޭނާ މިންޖުކުރަން އެހީތެރިވުމަކީ ކުރެވޭނެ މަތިވެރި ޞަދަޤާތެކެވެ.

ވިސްނައިލާށެވެ! ލިބޭ އާމްދަނީއަސްވުރެ ދިރިއުޅެން ކުރަންޖެހޭ ޚަރަދުތައް ބޮޑުވުމުން ދިރިއުޅުމަށް ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ކުރާނެ ފައިސާ ލިބެނީ މަދުމީހަކަށެވެ. ބައެއް މީހުންނަށް އަބަދުހެން އުޅެންޖެހެނީ ދަރަނިތަކުން ސަލާމަތް ނުވެވިގެންނެވެ.

އެންމެންވެސް ފައިސާ ބޭނުންވާނެއެވެ. މުއްސަނދިންވެސް ފައިސާ ބޭނުންވާނެއެވެ. ފައިސާ ބޭނުން ނުވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ! ނަމަވެސް އެންމެންވެސް ކޮށްދޭންވީ ކަމަކީ ދަރަނިވެރިންނަށް ލުއިދިނުމެވެ. ކިރިޔާވެސް ކޮށްދެވެން އޮތްނަމަ ދަރަނިން ބައެއް ނަމަވެސް މާފުކުރާށެވެ! ފަޤީރުންނަށް ހިންދެމިލެވޭނީ އެއިރުންނެވެ.

ހަމައެއާއިއެކު ދަތިޙާލުގައި ތިބި ފަޤީރުންވެސް ވިސްނަންވާނެއެވެ! ކިތަންމެ ފަސޭހައިން ދަރަންޏަށް ތަކެތި ނުވަތަ ފައިސާ ހޯދޭނެ މަގުތައް ހުރިނަމަވެސް ދަރިވެރިވާންޖެހޭނީ ދެން އެހެން ގޮތެއް ނެތިގެންނެވެ. ގޭގެ ފަރުނީޗަރު އައުކުރުން ފަދަ ކޮންމެހެން ކުރަން ނުޖެހޭ ކަންކަމަށް ދަރަނިވެރިވެގެންނުވާނެއެވެ. ދަރަނިވެރިވާން ޖެހޭނީ ޒަރޫރީ ބޭނުންތައް ފުއްދޭނެ އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން