އަނެކާގެ ހިތުގަ ޖެހޭފަދަ ބަހެއް ބުނެވިއްޖެނަމަ މާފަށް އެދެންޖެހެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
އަނެކާގެ ހިތުގަ ޖެހޭފަދަ ބަހެއް ބުނެވިއްޖެނަމަ މާފަށް އެދެންޖެހެނީ ކީއްވެ؟

ތިބާ ރުޅިއައިސް ބަހެއް ބުނުމުން އެނގޭނީ ވަރަށް ބޮޑަށް އޮޅުކޮށް، ގާތްކޮށްގެން ގެންގުޅޭ ޖަނަވާރަކަށެވެ. އެހެން ނޫންނަމަ ތިބާ ރުޅިއައިސް ކިތަންމެ ވަރަކަށް އެއްޗެތި ގޮވިނަމަވެސް އެކަމެއް ނުއެނގޭނެއެވެ. "މީ ހާދަ ނުބައި އެއްޗެކޭ، އެއްވެސް ގޮތެއް ނެތް އެއްޗެކޭ، ފަދަ ބަސްތައް ކިތަންމެ ގިނައިން ބުނިނަމަވެސް އެއްވެސް އަސަރެއް ނުކުރާނެއެވެ." އެއެއްޗެއްސަށް އަސަރެއް ކުރާނީ އަނިޔާ ކޮށްފިނަމައެވެ. 

ނަމަވެސް އެއްވެސް މީހަކާއި ދިމާއަށް އެމީހަކު ނުރުހޭފަދަ ކިތަންމެ ކުޑަ ބަހެއް ބުނި ނަމަވެސް އަސަރުކުރާނެއެވެ. އެމީޙަކަށް ކުރިން ކުރެވިފައިވާ ކުށެއްގެ ވާހަކަ ދައްކައި ބަދުނާމްކުރަން އުޅޭނަމަ އަސަރުކުރާނެއެވެ. ޙައްޤު ނޫން ބަހެއް ބުނެ، ބަދުނާމްކުރަން އުޅެފިނަމަ ވަކިން ބޮޑަށް އަސަރުކުރާނެއެވެ. 

މިގޮތުން މީހުންގެ ހިތުގައި ޖެހޭ ފަދަ ބަސްތައް ބުނުމަކީ ޖިސްމާނީ ގޮތުން އަނިޔާކުރުމަށްވުރެވެސް އަސަރުކުރާނެ ކަމެކެވެ. އެފަދަ ކިތަންމެ ކުޑަ ބަހެއްވެސް ނުބުނަން ދީނުގައި އޮންނަނީ އެސަބަބަށްޓަކައެވެ. 

ގެންގުޅޭ ނޯކަރަކަށްވެސް، މުވައްޒިފަކަށްވެސް އެމީހުންގެ ހިތުގައި ޖެހޭނެ ފަދަ ބަހެއް ނުބުނާށެވެ. ޚާއްޞަކޮށް، އަނބިދަރިންނަށް، ޢާއިލާގެ މީހުންނަށް ނުވަތަ އެކުވެރިއަކަށް ވިޔަސް އެމީހުންގެ ހިތުގައިޖެހޭނެ ފަދަ ބަހެއް ނުބުނާށެވެ! އެކަމުން އެމީހަކަށް ކުރާނެ އަސަރު މާބޮޑުވާނެތީއެވެ. 

ރުޅި އަންނަ ވަޤުތަކު، ނުވަތަ ބޭއިޚްތިޔާރުގައި ނަމަވެސް އެއްވެސް މީހަކަށް އޭނާގެ ހިތުގައި ޖެހޭނެ ފަދަ ބަހެއް ބުނެވިއްޖެނަމަ، އަދި ކުރިން ބުނެވިފައިވާކަން ފާހަގަކުރެވިއްޖެނަމަވެސް މާފަށް އެދި ހިތްޙަލާލް ހޯދަންވާނެއެވެ. އެކަން ނުކޮށްފިނަމަ އެއީ ޤިޔާމަތް ދުވަހު ތިބާއަށް ހިތާމަކުރަންޖެހޭނެ ކަމަކަށްވެދާނެކަން އެނގެން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

މީގެ އިތުރުން އެއީ މިދުނިޔޭގައިވެސް އެކަމުގެ ހިތާމަކުރަން ޖެހޭ ކަމެއްކަން އަންނަނީ އެނގެމުންނެވެ. 

- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން 

 

މިއަދު އޮންލައިން