ނޫރު ސޫރަތުގައިވާ ބައެއް ވާހަކަ 2

ކިޔުމަށް ހޭދަވާނީ 5މ 31ސ
ނޫރު ސޫރަތުގައިވާ ބައެއް ވާހަކަ 2

ޢާއިޝަތު ރަފާޙް ޢަލީ 

 

· ޤަޛްފުގެ ހައްދު: 

ޤަޛްފު ކުރުމަކީ މީހަކު ފާޙިޝް އަމަލެއް ހިންގި ކަމަށް ތުހުމަތު ކުރުމެވެ.މުސްލިމަކަށް ޤަޛްފުކޮށް ހަތަރު ހެކިން ނުގެންނަ މީހާއަށް އަށްޑިހަ އެތިފަހަރު (ޙައްދު) ޖެހުމަށްފަހު، އަދި އޭގެ ފަހުން އޭނާގެ ހެކިބަސް ދުވަހަކުވެސް ބަލައިނުގަނެވޭނެއެވެ.

ﷲ ތަޢާލާ ނޫރު ސޫރަތުގެ 4 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا ۚ وَأُولَٰئِكَ هُمُ الْفَاسِقُونَ ﴿٤﴾‏

މާނައީ: عفّة ތެރި އަންހެނުންނަށް قذف ކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެގައިގައި އަށްޑިހަ އެތިފަހަރުން (حدޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން قبول ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، فاسق ންނެވެ. (4) 

· ޒިނޭގެ ޙައްދު: 

ޒިނޭކުރާ މީހާއާއި ޒިނޭކުރާ މީހާއަށް އެމީހުން ކުރި ފާފައިގެ ސަބަބުން ސަތޭކަ އެތިފަހަރުން ޙައްދު ޖެހުމަށް މާތްالله އަމުރުކުރައްވާފައިވެއެވެ 

ﷲ ތަޢާލާ ނޫރު ސޫރަތުގެ 2 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِائَةَ جَلْدَةٍ ۖ وَلَا تَأْخُذْكُم بِهِمَا رَأْفَةٌ فِي دِينِ اللَّهِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۖ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِّنَ الْمُؤْمِنِينَ ﴿٢﴾‏

މާނައީ: ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (حدޖަހާށެވެ! އަދި اللَّه އަށާއި آخرة ދުވަހަށް ތިޔަބައިމީހުން إيمان ވާކަމުގައިވަނީނަމަ، اللَّه ގެ دين ގައި އެ ދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ عقوبات، مؤمن ންގެ ބަޔަކު ދެކޭހުށިކަމެވެ! (2) 

· ޒިނޭ ކުރާ މީހުންނާއި ކައިވެނިކުރުން:        

ޒިނޭގެ ކުށް ސާބިތުވެފައިވާ ނުވަތަ ޒިނޭކޮށްފައިވާ މީހަކާ ކައިވެނި ކުރުން މާތްالله ޙަރާމް ކުރައްވައެވެ.

ނޫރު ސޫރަތުގެ 3 ވަަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

الزَّانِي لَا يَنكِحُ إِلَّا زَانِيَةً أَوْ مُشْرِكَةً وَالزَّانِيَةُ لَا يَنكِحُهَا إِلَّا زَانٍ أَوْ مُشْرِكٌ ۚ وَحُرِّمَ ذَٰلِكَ عَلَى الْمُؤْمِنِينَ ﴿٣﴾‏

މާނައީ:  ޒިނޭކުރާ ފިރިހެނާ، ޒިނޭކުރާ އަންހެނަކާ، ނުވަތަ شريك ކުރާ އަންހެނަކާނޫނީ ނުއިންނާނެތެވެ. އަދި ޒިނޭކުރާ އަންހެނާ (ދަންނާށެވެ!) ޒިނޭކުރާ ފިރިހެނަކު ނުވަތަ شريك ކުރާ ފިރިހެނަކު ނޫނީ އެކަނބުލޭގެއަކާ ނުއިންނާނެތެވެ. އަދި مؤمن ންގެ މައްޗަށް އެކަން حرام ކުރައްވާފައިވެއެވެ. (ނޯޓު: މި آية ގައިވާ حكم ވަނީ މި سورة ގެ 32ވަނަ آية ން نسخ ވެފައިކަމަށް علم ވެރިން ދެކެވަޑައިގަންނަވައެވެ.) (3)

 

މިއަދު އޮންލައިން