މިއީ ތިބާއަށް ޚާއްޞަ ދުޢާތަކެކެވެ! ޢާއިލާގެ މީހުންނަށާއި އެކުވެރިންނަށް ޙިއްޞާކޮށްލުން މުހިންމު ދުޢާތަކެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
މިއީ ތިބާއަށް ޚާއްޞަ ދުޢާތަކެކެވެ! ޢާއިލާގެ މީހުންނަށާއި އެކުވެރިންނަށް ޙިއްޞާކޮށްލުން މުހިންމު ދުޢާތަކެކެވެ!

އަހުރެން މިދުޢާ މިކުރަނީ މިލިޔުން މިވަޤުތު ކިޔާ މީހުންނަށާއި ފަހުން ކިޔާނެ މީހުންނަށެވެ. 

- ޔާ ﷲ! މިދުނިޔެއިން ތިބާ އެދޭ އެންމެހައި ކަންކަމާއި އާޚިރަތް ދުވަހު ތިބާ އެދޭނެ އެންމެހައިކަންކަން ތިބާއަށް ހިންމަވައިދެއްވަވާނދޭވެ!

- ޔާ ﷲ! ތިބާއަށް ޖެހިފައިވާ ހުރިހާ ބަލިމަޑުކަމުންނާއި ތިބާއަށް ކުރިމަތިވެފައިވާ ކަންބޮޑުވުންތަކުންނާއި މާލީ ދަތިތަކުން ތިބާ ސަލާމަތްކޮށްދެއްވަވާނދޭވެ!

- ޔާ ﷲ! ތިބާއަށް ކުރިމަތިވެފައިވާ އެންމެހައި ހިތްދަތިކަންތައްތަކުން ތިބާ ސަލާމަތްކުރައްވަވާނދޭވެ! އަދި އަބަދުވެސް ހިނިތުންވެގެން ހުރެވޭނެ މީހަކުކަމުގައި ތިބާ ލައްވަވާނދޭވެ!

- ޔާ ﷲ! ތިބާގެ ޒަވާޖީ ޙަޔާތުގައި ބަރަކާތް ލައްވަވާނދޭވެ! އަދި ހެޔޮލަފާ ދަރިން ދެއްވަވާނދޭވެ!

- ޔާ ﷲ! ތިބާއަށް ރައްކައުތެރިކަން މިންވަރުކުރައްވަވާނދޭވެ! އަދި ސީދާވެގެންވާ ތެދުމަގުގައި ކުރިއަށް ދިއުމުގެ ތައުފީޤް ދެއްވަވާނދޭވެ!

މިދުޢާތައް ކިޔުންތެރިންގެ ޢާއިލާގެ މީހުންނަށާއި އެކުވެރިންނަށާއި އަދި ވީހައި ގިނަ ބައަކަށް ޙިއްޞާކުރާށެވެ! މުސްލިމުން އަބަދުވެސް ތިބެންވާނީ އެކަކު އަނެކަކަށް ހެޔޮދުޢާކުރުންމަތީގައެވެ. އަބަދުވެސް ބުނާފަދައިން އަނެކާއަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ އޭނާއަށްޓަކައި ކުރާ ހެޔޮދުޢާއެވެ.

 

 

 

މިއަދު އޮންލައިން