އެއް ފާފައެއް ތަކުރާރުކޮށް ކުރެވޭނަމަ ތައުބާ ޤަބޫލުކުރައްވަވާނެ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އެއް ފާފައެއް ތަކުރާރުކޮށް ކުރެވޭނަމަ ތައުބާ ޤަބޫލުކުރައްވަވާނެ ހެއްޔެވެ؟

ބައެއް މީހުން ކުރާ ސުވާލެކެވެ. "އެއް ފާފައެއް ތަކުރާރުކޮށް ކުރެވޭނަމަ ތައުބާ ޤަބޫލުކުރައްވަވާނެ ހެއްޔެވެ؟" 

މިފަދަ ސުވާލުތައް ހިތުގައި އުފެދޭނެއެވެ. ސަބަބަކީ އަހުރެމެންގެ މިދުނިޔަވީ ޙަޔާތުގައި އެންމެ ކުށަކަށް މާފުކުރުން މިއޮންނަނީ ވަރަށް ބޮޑުކަމަކަށްވެފައެވެ. ދެވަނަ ފަހަރަށް މާފުކުރަން ޖެހިއްޖެނަމަ އެކަން އޮންނަނީ އަދި މާބޮޑުކަމަކަށްވެފައެވެ. 

ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން މުޅިންތަފާތެވެ! ކިތަންމެ ގިނައިން ތައުބާވާންޖެހުނަސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ކިތަންމެ ގިނަ ފަހަރު ކުށެއް ތަކުރާރުކުރެވުނަސް ތައުބާވާންވީއެވެ. އަދި ކީއްހެއްޔެވެ؟ ގިނަގިނައިން ތައުބާވާ މީހުންދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. 

މީސްތަކުންނޭވެ! މިއީ އަހުރެމެންނަށް ކުރަން ފަސޭހަކަމެއް ނޫނެވެ. މިއީ ހަމައެކަނި ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ސިފަފުޅެކެވެ. އެހެނަސް ވިސްނަންވާނެއެވެ. ތައުބާވުމަށްފަހު އެކުށެއް އިތުރަށް ނުކޮށް ހުންނަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ. ޙަޤީޤީ ތައުބާއެއް ވެވުނު ކަމަށްވާނީ އެއިރުންނެވެ. އެހެނަސް އެގޮތަށް މަސައްކަތްކުރަނިކޮށްވެސް ހަމައެކުށް އަލުން ކުރެވިދާނެއެވެ. އަލުން ކުރެވެއެވެ. މުސްލިމުންނަށް އޮތް އުފާވެރިކަމަކީ ކުރިން މިބުނި ފަދައިން ކިތަންމެ ގިނަ ފަހަރަށް ތައުބާވި ނަމަވެސް ﷲ ތަޢާލާ ތައުބާ ޤަބޫލުފުޅުކުރައްވަވާ ކަމެވެ. ދުނިޔޭގައިވެސް އަދި ޢާޚިރަތުގައިވެސް ހިތާމަކުރަންޖެހޭނީ ތައުބާ ނުވެވި ހުރެވުނު ނަމައެވެ. ތައުބާ ނުވެވި ހުއްޓައި މަރު އައިސް ބައްދަލުކޮށްފިނަމައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން