އާޔަތުލްކުރުސި-: ކިޔެވުމުން ލިބެންހުރި ބޮޑެތި ފައިދާތައް ވަރަށް ގިނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 50ސ
އާޔަތުލްކުރުސި-: ކިޔެވުމުން ލިބެންހުރި ބޮޑެތި ފައިދާތައް ވަރަށް ގިނަ!

އަޅުގަނޑުމެންނަށް ގިނައިން ކަންބޮޑުވެވެނީ ކޮންމެ މީހަކު ނުވަތަ ޖިންނިއެއް ތިމާއަށް ގެއްލުމެއް ދީފާނެކަމަށެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ލިބިދާނެ ގެއްލުމަކަށް ނުބެލެވެއެވެ. ނުވެސް ވިސްނެއެވެ. އަދި ތިމާއަށާއި ދިރިއުޅޭ ދެދޮރަށް ރަޙްމަތް ލެއްވެވުން އެދިގެން މަސައްކަތްކުރަން ވިސްނެނީވެސް ވަރަށް މަދު މީހކަށެވެ. 

މާތް الله ގެ إذن ފުޅު ލިބިވަޑައިގަތުމުން آخرة ދުވަހު ކީރިތި ރަސޫލާ (صلّى الله عليه وسلّمشفاعة ތެރިވެ ވަޑައިގެން ދެއްވާނެއެވެ. މާތް الله ރުއްސުންލެއްވި أبوهريرة ގެ ފާނު ދެންނެވިއެވެ. قيامة ދުވަހު ކަލޭގެފާނުގެ شفاعة ގެ ސަބަބުން އެންމެ ބައްޖަވެރިވާނީ ކާކުތޯއެވެ؟ 

އެ ހިނދު ޖަވާބުގައި ޙަދީޘްފުޅުކުރެއްވެވީ އެއީ مَنْ قَالَ لاَإِلَهَ إلاَّ الله خَالِصًا مِنْ قَلْبِهِ أَوْ نَفْسِهِ – البخارى –   

އެއީ ހިތުގެ އަޑިން ނުވަތަ ނަފްސުން إخلاص ތެރި ކަމާއެކު لاَإِلَهَ إلاَّ الله ކީ މީހާއެވެ. 

ވީމާ شفاعة އަކި  إخلاص ތެރިންނަށް ލިބޭނެ އެއްޗެކެވެ. އެކަލާނގެ إذن ފުޅާލައިގެން ނެވެ. 

ދެން މި آية ގައި ބަޔާންކުރައްވަނީ، الله  ގެعلم ގެ ތަނަވަސް ކަމެވެ. شامل ކަމެވެ. ކޮންމެ ވަގުތެއްގައިވެސް ހުރިހާ ކަމެއް الله ދެނެވޮޑިގެން ވެއެވެ. އެއްވެސް ކަމެއް އަޅުގަޑުމެންނަށް އެފަރާތަށް ވަންހަނާ ކުރެވޭކަށް ނެތެވެ. އަޅުގަޑުމެންގެ ކުރިމަތީގައި ހިނގާ ކަންތައްތަކާއި ފުރަގަހުގައި ހިނގާ ކަންތައްތަކެވެ. ފާޅުގައިވާ ކަންތައްތަކާއި ފޮރުވިފައިވާހާ ކަންތައްތަކެވެ. ހާމަވެގެން ހިނގާ ކަންތައްތަކާއި ވަންހަނާ ވެގެން ހިނގާ ކަންތައްތަކެވެ. މިކަމަކީ إخلاص ތެރި ވުމަށް ގޮވައިލާ ކަމެކެވެ. ފައުޅާއި ސިއްރު އެއްގޮތް ކުރުމަށް ގޮވައިލާ ކަމެކެވެ. 

ނަމަވެސް އަޅުގަނޑުމެން އިންސާނުންގެ علم އަކީ الله އިރާދަކުރެއްވި މިންވަރެކެވެ. އެއީ މަދުމިންވަރެވެ. އެކަމަކު އަޅުގަނޑުމެންނަށް ހުރިހާ އެއްޗެއް އެނގޭކަމަށް ބައެއް ފަހަރަށް ބުނެއުޅެމުއެވެ. މާތް الله ކޮންމެ ދުވަހަކު އަދި ކީއްތޯ ކޮންމެ ވަގުތަކު އެކަލާނގެ ކުޅަދުންވަންތަކަން ހާމަކޮށްދޭ آية ތައް އަޅުގަނޑުމެންނަށް ދައްކަވައެވެ. އަޅުގަނޑުމެންނަށް ހާމަކުރައްވަން އިރާދަނުކުރައްވާ ކަންތައްތައް ވަންހަނާވެސް ކުރައްވައެވެ. 

ނަމަވެސް އިންސަނާއަށް ލިބިފައިވާ މިކުޑަ علم ކޮޅުގެ ސަބަބުން އަމިއްލަ ނަފްސަށް ހެއްލި، ކަލަކު ކަމުގައި دعواى ކުރެވޭތަން އާދެއެވެ. މިކުޑަކުޑަ علم ކޮޅުގެ ސަބަބުން ގެއްލެނިވެ މި كون އަށް ކަލަކުވާކަމާމެދު އިންކާރު ކުރެވޭގޮތްވެސް ވެއެވެ. 

މި آية ނިންމަވާ ލައްވާފައިވަނީވެސް الله އަށް خاصّ ވެގެންވާ ދެސިފަފުޅަކުންނެވެ. މަތިވެރިކަމާއި މާތްކަމެވެ. އިންސާނާ ކިތަންމެ މަތިވެރިވިޔަސް، އަދި ކިތަންމެ މަތިވެރި ކުރިޔަސް އެހިސާބަކަށް އޭނާއަކަށް ނުދެވޭނެއެވެ. އަދި އޭނާ މާތް ކުރާ އެއްޗެއް ކިތަންމެ މާތްކުރިޔަސް الله ގެ މާތްކަމާ ހިސާބަށް އޭނާ އަކަށް واصل އެއް ނުވެވޭނެ އެވެ. މިދެސިފަ، އިންސާނާ އަށް ގޮވާލަނީ ބޮޑާކަމުންނާއި ކިބުރުވެރިކަމުން، އަނިޔާވެރި ކަމުންނާއި ބޭއިންސާފުން ދުރުހެލިވުމަށެވެ. الله އަށް ބިރުވެތިވުމަށް رجوع ވުމަށެވެ. އަޅުގަޑުމެންނަށް މި آية ކިޔަވާފައި ބުނަން ޖެހެނީ الله ގެ މަތިވެރިކަމާއެވެ. الله ގެ ބަސްފުޅުގެ ތެދުވެރިކަމާއެވެ. 

 

آية ގެ މާތްކަން 

آية الكرسى ގެ މާތްކަމުގެ ތެރޭގައި އަޅުގަނޑުމެން ދިރިއުޅޭ ގޯތި ގެދޮރުގެ ކަންކަނުގައި މި آية ކިޔެވުމަށް އަންގަވާ ފައިވެއެވެ. فرض ފަސް ނަމާދަށް ފަހުގައްޔާއި عشاء ނަމާދުގެ ވިތުރީގެ ފަހުގައްޔާއި ނިދަން އޮށޯވެފައި ކިޔެވުމަށް އެންގެވި އެވެ. ހެނދުނު ވާއިރުގައްޔާއި، ހަވީރުވާއިރުގައި، نفس އަށާއި މުދަލުގެ މައްޗަށް، ދަރީންނާއި މައިންގެ ގާތުގައި، ބޮޑެތި މުޞީބާތް ތައް ކުރިމަތިވާ އިރުގައްޔާއި دعاء ކުރާއިރު، އަދި ކާބޯތަކެތީގެ މައްޗަށާއި ކައިބޮއި ހަދާއިރު މި آية ކިޔެވުމަށް އަންގަވާފައި ވެއެވެ. اَلْامام السُّيُطِى ލިޔުއްވާ ގޮތުގައި މިވަގުތު ވަގުތުގައި މިފަދަ ތަންތާގައި މިއާޔަތް ކިޔެވުމުން ގޮވަތި ގެދޮރުގައި ބަރަކާތް ލައްވައި އެތަންތަން ރައްކާތެރި ކޮށްދެއްވާނެ އެވެ. ކާބޯތަކެތީގައި ބަރަކާތް ލައްވައި ތަނަވަސްކަން އިތުރު ކުރައްވާނެ އެވެ. ގެއާއި ގޭގައި އުޅޭމީހުންނާއި އަވަށްޓެރިން، ރައްކާތެރި ކޮށް ދެއްވާނެ އެވެ. 

ބޮޑެތި مُصِيْبَات ތަކާއި ކުރިމަތިވާހިނދު މި آية ކިޔަވާ މީހަކަށް އޭގެ ثواب ފަހުން ނަމަވެސް ދެއްވާނެއެވެ. ދަރިންނަށާއި މައިންގެ صِحّة ރަނގަޅު ގޮތުގައި ބަލަހައްޓަވާ ދެއްވާނެ އެވެ. دعاء إجاب ކުރައްވާނެއެވެ. އަޅުގަނޑުމެންގެ صَالِحُ عَمَلُ ތަކުގައި ބަރަކާތް ލައްވާނެ އެވެ. 

ބުނެވޭ ގޮތުގައި އެއީ عَرْشُ الرَّحْمَانِ ގެ ކަންޒުތަކުގެ ތެރެއިން ކަންޒެކެވެ. އެއީ ކީރިތި قرآن ގެآية ތަކުގެ سَيّدَة އެވެ. އެއީ ކީރިތި قرآن ގެ ތިންބައިކުޅަ އެއްބައިކަމަށް ނުވަތަ ހަތަރުބައިކުޅަ އެއްބައި ކަމަށް ބުނެވެއެވެ. 

މިއީ ބަރަކާތްތެރި آية އެކެވެ. މި  آية ގެ ކޮންމެ އަކުރަކީ ބަރަކާތްތެރި އަކުރެކެވެ. މިއާޔަތުގައި ހިމެނޭ 50 ކަލިމައަކީ بركات ތެރި ކަލިމަތަކެކެވެ. މި آية ގައި ހިމެނޭ 10 ޖުމްލަ އަކީ ބަރަކާތްތެރި ޖުމްލަ ތަކެކެވެ. الله سبحانه وتعالى ގެ إسم ފުޅު ފައުޅުގައާއި ވަންހަނާގައި 18 ފަހަރު މިއާޔަތުގައި ވާރިދު ވެފައި ވެއެވެ. 

ބުނެވޭ ގޮތުގައި މާތް الله ގެ އެންމެ މާތް إسم ފުޅު (اِسْمُ اللهِ اَلْأَعْظَمِމި އާޔަތުގައި އައިސްފައި ވެއެވެ. 

- އަލްމިންބަރު" މަޖައްލާއިން

 

މިއަދު އޮންލައިން