ހިތްދަތިކަމާއި ތަކްލީފްތައް ކުރިމަތިކުރައްވަވަނީ ﷲ ތަޢާލާ އެމީހަކަށް ރުހިވޮޑިނުގަތުމުން ކަމުގަ ހީކުރެވޭނަމަ ކޮންމެހެން ދަސްކުރަންޖެހޭނެ ބައެއް ކަންކަން: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ހިތްދަތިކަމާއި ތަކްލީފްތައް ކުރިމަތިކުރައްވަވަނީ ﷲ ތަޢާލާ އެމީހަކަށް ރުހިވޮޑިނުގަތުމުން ކަމުގަ ހީކުރެވޭނަމަ ކޮންމެހެން ދަސްކުރަންޖެހޭނެ ބައެއް ކަންކަން: މުފްތީ މެންކް

މީސްތަކުންނޭވެ! މާޔޫސްކަން ބޮޑުވުމުން އެބަ ސުވާލުކުރަމުއެވެ! "އަހުރެންނަށް މިޙާލަތު ކުރިމަތިކުރައްވަވަނީ ޚީއްވެގެން ހެއްޔެވެ؟ ﷲ ތަޢާލާ އަހުރެން ދެކެ ލޯބިވެވޮޑިނުގަންނަވަނީ ހެއްޔެވެ؟" 

ބުނަން ހެއްޔެވެ؟ މިފަދަ ސުވާލުތައް ކުރަން ނުވަތަ ހިތަށް ގެންނަންވެސް ހެޔޮނުވާނެއެވެ. 

ފުރަތަމަ ކަމަކީ ހިތްދަތިކަމާއި ތަކްލީފްތައް ކުރިމަތިކުރައްވަވަނީ ﷲ ތަޢާލާ އެމީހަކަށް ރުހިވޮޑިނުގަތުމުން ކަމުގައިވާނަމަ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ހަމައެކަކުވެސް މިދުނިޔެއަކު ނެތެވެ. ދުނިޔޭގައި އުޅެފައެއްވެސް ނުވެއެވެ. އަދި ނުވެސް އުޅޭނެއެވެ. 

އެކަން އެނގެނީ ޤުރްޢާނުންނެވެ. ކޮންމެ މީހަކަށްވެސް އެކަން ކުރިމަތިކުރައްވަވާނެ ކަމަށް ވަޙީކުރައްވަވާފައި އޮތުމުންނެވެ.

ދެވަނައަށް ވިސްނާލަންޖެހޭނެ ކަމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ، ލޯބިވެވޮޑިގަންނަވާ، އެންމެ މަތިވެރި ކުރެއްވެވި އިންސާނަކީ އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިވަސައްލަމަ ކަމަށްވެފައި އެއްވެސް އެހެން އިންސާނަކަށް ކުރިމަތިނުކުރައްވަވާހައި ބޮޑަށް ހިތްދަތިކަމާއި ތަކްލީފްތައް އިތުރުއެކަލޭގެފާނަށް ކުރިމަތިކުރެއްވެވިކަމެވެ. '

މީސްތަކުންނޭވެ! ހަމަ ކޮންމެ މީހަކަށްވެސް އެކަންކަން ކުރިމަތިކުރައްވަވާނެއެވެ. އެކަލާނގެ އެމީހަކަށް ރުހިވޮޑިގަތުން ބޮޑުވާ ވަރަކަށް ކުރިމަތިކުރައްވަވާ ތަކްލީފްތައް ބޮޑުކުރައްވަވާނެތެވެ. އެކަން ޤުރްއާނުން ވަރަށް ސާފުކޮށް އެނގެން އޮތްއިރު ތަކްލީފެއް އުފުލަންޖެހުމުން އެކަމާއި ޝަކުވާ ކުރެވޭނަމަ އެމީހަކަށް ކީރިތި ޤުރްއާން ޤަބޫލުކުރެވޭ މިންވަރާއިމެދު ސުވާލު ނުއުފެދެންވީ ކީއްވެގެން ހެއްޔެވެ؟ 

މިހުރީ ހަމަ ކޮންމެ މީހަކުވެސް ވިސްނާލަންޖެހޭނެ ކަންކަމެވެ. ކޮންމެ މީހަކުވެސް ހޭލުންތެރިވާންޖެހޭނެ ކަންކަމެވެ. ނޫންނަމަ އެމީހަކީ ޢަޤީދާގެ މައްސަލަ ހުންނަ މީހަކު ކަމުގައިވުން އޮންނާނީ ދާދި ގާތުގައެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން