ޒަކަރިއްޔާގެފާނުގެ ވާހަކަ- 4: ޔަޙުޔާގެފާނު ރައްކައުވުން

ކިޔުމަށް ހޭދަވާނީ 5މ 53ސ
ޒަކަރިއްޔާގެފާނުގެ ވާހަކަ- 4: ޔަޙުޔާގެފާނު ރައްކައުވުން

ޢަލީ އިޙްޞާން ފިރާޤް

 

ޔަޙުޔާގެފާނު ރައްކައުވުން:

ކޮންމެއަކަސް މާތް އެންގެވިފަދައިން زكريّا عليه السّلام  ގެ އަނބިކަނބަލުން اشياع އާލަސްވެއިންނަވައިފިއެވެ. އާލާސްއިންނެވުމުގެ އަލާމާތްތައް އެކަމަނާގެ ފަރާތްޕުޅުން ފާޅުވާން ފަށައިފިއެވެ. އޭގެ ދުވަސްތަކެއްފަހުން ދަރިކަލަކާއިގެން އެކަމަނާ ރައްކައުވެވަޑައިގެންފިއެވެ. މާތްއެދަރިކަލުންގެ ނަންފުޅުވަނީ އެދަރިކަލުން ރައްކައުވުމުގެ އެތަށް ދުވަހެއް ކުރިން ކަނޑައަޅުއްވާ ނިންމަވައިފައެވެ. އެހެންކަމުން زكريّا عليه السّلام ގެ ދެކަނބަލުން ދަރިކަލުންނަށް [ޔަޙްޔާ] އޭ ވިދާޅުވެ ނަންދެއްވިއެވެ.  

يحيى عليه السّلام އަކީ ތުއްޕުޅުއިރުވެސް ވަރަށް އާދަޔާ ޚިލާފު ތޫނު ވިސްނުންފުޅެއް ލިބިވަޑައިގެންފައިވާ ބޭކަލެކެވެ. ދީނީ ޙުކުމްތައް ވިސްނައިވަޑައިގަތުމުގެ އާދަޔާ ޚިލާފު ކުޅަދާނަފުޅުކަމެއް ލިބިވަޑައިގެން ހުންނެވި ހުޝިޔާރު ބޭކަލެކެވެ. މިކަމަށް އިޝާރާތްކުރައްވައި މަރްޔަމް ސޫރަތުގެ 12 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ.

يَا يَحْيَىٰ خُذِ الْكِتَابَ بِقُوَّةٍ ۖ وَآتَيْنَاهُ الْحُكْمَ صَبِيًّا ﴿١٢

މާނައީ: [އޭ يحيى ގެފާނެވެ! ކަލޭގެފާނު ފޮތުގައި ބާރަށް ހިފަހައްޓަވާށެވެ! ތިމަންރަސްކަލާނގެ، އެކަލޭގެފާނަށް ތުއްޕުޅުއިރު حكمة ދެއްވީމެވެ.]

ކުޅިވަރަށް ޝައުޤުވެރިވުމަކީ ކުޑަކުދިންގެ ހުންނަ ޚާއްޞަ ސިފައެކެވެ. ނަމަވެސް يحيى عليه السّلام އަކީ ތުއްޕުޅުއިރު އެއްވެސް ވަރަކަށް ކުޅިވަރަށް ޝައުޤުވެރިވެވަޑައިގެންނެވި ބޭކަލެއްނޫނެވެ. އެކަލޭގެފާނުގެ އެންމެ ޚާއްޞަ އުފާފުޅަކީ ވަށައިގެން ފެންނަމުންދާ ކަންތައްތަކާމެދު ވިސްނާ ފިކުރުކުރެއްވުމެވެ. އަރަހުށި މާތް ރަސްކަންފުޅު މަތިން ހަނދުމަފުޅު ކުރައްވައި ޒިކުރުކުރެއްވުމެވެ.

ޢަބްދުބިން މުބާރަކު ވިދާޅުވެފައިވެއެވެ. يحيى عليه السّلام އާ އެއްފުރާގެ ކުދިން އައިސް އެކުދިންނާއެކު ކުޅިވަރު ކުޅެން ދަޢުވަތުދިނުމުން އެކަލޭގެފާނު ވިދާޅުވެއެވެ. [އަހަރެމެން ހައްދަވާފައިވަނީ ކުޅިވަރު ކުޅޭކަށް ނޫނެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަން ޖިލްދު، ޞަފްޙާ 401}

ރިސާލަތު:

يحيى عليه السّلام ގެ ރިސާލަތާ ގުޅޭ މަޢުލޫމާތެއް ކީރިތި ޤުރްއާނުން ލިބޭކަށް ނުހުރެއެވެ. ނަމަވެސް އެކަލޭގެފާނުގެ ރިސާލަތާ ގުޅޭ މަޢުލޫމާތު ބަޔާންކޮށްފައިވާ ޙަދީޘެއް ތިރުމިޒީގައި ރިވާވެގެންވެއެވެ. ނަބިއްޔާ  صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.

މާތް سبحانه وتعالى،  يحيى عليه السّلام  އަށް ފަސްކަމެއް ކުރެއްވުމަށް އަމުރު ކުރެއްވިއެވެ. އަދި އެކަންތައްތައް ކުރުމަށް ބަނީއިސްރާލުބާގައިގެ މީސްތަކުންނަށް އަމުރު ކުރެއްވުމަށްވެސް އެންގެވިއެވެ. ނަމަވެސް يحيى عليه السّلام އެކަންތައްތަށް ބަނީއިސްރާއީލުންގެ މީސްތަކުންނަށް އެންގެވުން ފަސްކޮލެއްވިއެވެ. އެހިނދު ޢީސާގެފާނު އެކަލޭގެފާނަށް ދެންނެވިއެވެ. [މާތް ވަނީ ފަސްކަމަކަށް ކަލޭގެފާނަށް އަމުރުކުރައްވާފައިނޫންތޯއެވެ؟ އަދި އެކަންތައް ބަނީއިސްރާއީލުބާގައިގެ މީސްތަކުން ކުރުމަށް އަމުރު ކުރައްވާފައިވޭނޫންތޯއެވެ؟ ކަލޭގެފާނު އެބައިމީހުންނަށް އެކަންތަކަށް އަމުރު ކުރައްވާށެވެ. ނުވަތަ ތިމަންކަލޭގެފާނު އެކަމަށް އަމުރުކުރަންތޯއެވެ؟]

يحيى عليه السّلام ވިދާޅުވިއެވެ. [ކަލޭގެފާނު އަޅުގަނޑަށްވުރެ ކުރިން އެކަންތައް ކުރައްވައިފިނަމަ މިބިންގަނޑުގެ އަޑިއަށް އަޅުގަނޑު ގަންބައިގަންނަވައިފާނެތީ ނުވަތަ މާތްޢަޛާބުދެއްވަފާނެތީ ބިރުވެތިވަމެވެ.] އެހެން ވިދާޅުވެ އެކަލޭގެފާނު ބައިތުލްމަޤުދިސަށް މީސްތަކުން އެއްކުރައްވައި މިންބަރަށް އަރާވަޑައިގެން ވިދާޅުވިއެވެ.

ހަމަކަށަވަރުން މާތްތިމަންކަލޭގެފާނަށް ފަސްކަމެއް ކުރުމަށް އަމުރުކުރައްވައިފިއެވެ. އަދި އެ ފަސްކަންތައް ކުރެއްވުމަށް ތިޔަބައިމީހުންނަށް އަމުރުކުރެއްވުމަށްވެސް އެންގެވިއެވެ. ފުރަތަމަކަމަކީ ތިޔަބައިމީހުން ހަމައެކަނި މާތްއަށަ އަޅުކަން ކުރުމެވެ. އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރުމެވެ. މާތްއަށް ޝަރީކުކުރާ މީހާގެ މިސާލަކީ ތިމާގެ އަމިއްލަ މުދަލުން ޚާދިމަކު ގަންނަމީހާގެ މިސާލެވެ. އޭނާ ޚާދިމާއަށް ބުނެއެވެ. މިއީ އަހަރެންގެ ގެ އެވެ. އަދި މިއީ އަހަރެންގެ ވިޔަފާރިއެވެ. ވީމާ އެތަކެތިން ވިޔަފާރިކޮށް ލިބޭ ފައިދާ އަހަރެންނަށް ގެނެސްދޭށެވެ. ދެން އެ ޚާދިމާ ވިޔަފާރިކޮށްގެން ލިބުނު ފައިދާ އޭނާގެ ސާހިބު މީހާ ނޫން އެހެންމީހަކަށް ދިނެވެ. ތިޔަބައިމީހުންގެ ތެރެއިން އެފަދަ ޚާދިމަކު ބޭނުންވާނީ ފަހެ ކާކު ހެއްޔެވެ؟

ދެވަނަ ކަމަކަށް މާތް އަމުރު ކުރައްވާފައިވަނީ ނަމާދު ކުރުމަށެވެ. ނަމާދު ކުރާއިރު ތިބާ ފަސްއެނބުރި ނުބަލާށެވެ. އެހެނީ މާތް ވަޖުހުފުޅުވަނީ އަޅުންކުރާ ފަރާތާއެކުގައެވެ. އޭނާ ފަސްއެނބުރިގެން ދާންދެންނެވެ. ދެން އެކަލާނގެ އަމުރު ކުރައްވަނީ ރޯދަހިފުމަށެވެ. ރޯދަހިފާ މީހާގެ މިސާލަކީ އަތަރުފުޅިއެއް ހިފައިގެން ބައެއްގެ ތެރޭގައި ހުރިމީހެއްގެ މިސާލެވެ. އޭނާ އާ އެކުގައިވާ އެންމެހައި މީސްތަކުންނަށް އެ އަތަރުގެ މީރުވަދުވާނެއެވެ. ހަމަކަށަވަރުން ރޯދަވެރިޔާގެ އަނގައިން ދުވާ ވަހަކީ މާތްގެ ޙަޟުރަތުގައި ބޮމަކަސްތޫރިއަށް ވުރެ މީރުވަސްދުވާ ވަހެކެވެ.

ދެން އެކަލާނގެ އަމުރު ކުރައްވަނީ ޞަދަޤާތް ދިނުމަށެވެ. ޞަދަޤާތްދިނުމުގެ މިސާލަކީ ދުޝްމިނަކު ހައްޔަރުކޮށްފައިވާ މީހެއްގެ މިސާލެވެ. އެބައިމީހުން އޭނާގެ އަތް ކަނދުރާއާއެކުގައި އައްސައި އޭނާގެ ކަނދުރާގައި ތަޅަންފަށައެވެ. އެހިނދު އޭނާ ބުނެއެވެ. އަހަރެން އަހަރެންގެ އަމިއްލަ ނަފްސު ތިޔަބައިމީހުންގެ ކިބައިން ކުޑައެއްޗަނުން ވިޔަސް ނުވަތަ ބޮޑުއެއްޗަކުން ވިޔަސް ފިދުޔަދީ މިނިވަން ކުރަމުއެވެ. ދެން އެބައިމީހުންނަށް ފިދުޔަދީ އޭނާ، އޭނާގެ ނަފުސު މިނިވަން ކުރެއެވެ.

ދެން އެކަލާނގެ އަމުރު ކުރައްވަނީ މާތް ހަނދާންކޮށް ޒިކުރުކުރުމަށެވެ. ޒިކުރުކުރާމީހާގެ މިސާލަކީ ދުޝްމިނުންގެ ބަޔަކު ހޯދަމުންގެންދިޔަ މީހެއްގެ މިސާލެވެ. ދުޝްމިނުންނަށް އޭނާ ފެނުމުން އޭނާ އަތުލުމަށް ފަހަތުން އަންނަން ފެށުމުން އޭނާގޮސް ވަރުގަދަ ކިއްލާއެއްގެ ޙިމާޔަތް ހޯދިއެވެ. މިއީ އަޅުވެރިންގެ ކަންތައް ހުންނަގޮތެވެ. އޭނާ ޝައިޠާނާގެ ކިބައިން ސަލާމަތްކޮށްދިނީ މާތް މަތިން ހަނދުމަކުރުމުންނެވެ. {جامع الترمذي، كتاب الأمثال عن رسول الله صلى الله عليه وسلم، ޙަދީޘް 3102}

މިއަދު އޮންލައިން