މިހާރު ދުނިޔޭގަ ތިބި މީހުންނަށް ހުޅަނގުފަރާތުން އިރުއަރާ ދުވަހާ ބައްދަލުނުވި ނަމަވެސް ކޮންމެ މީހަކަށްވެސް އެފަދަ ވަޤުތުކޮޅަކާ ބައްދަލުވާނެ! ބިރުވެތިވާންވީ އެވަޤުތުކޮޅަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
މިހާރު ދުނިޔޭގަ ތިބި މީހުންނަށް ހުޅަނގުފަރާތުން އިރުއަރާ ދުވަހާ ބައްދަލުނުވި ނަމަވެސް ކޮންމެ މީހަކަށްވެސް އެފަދަ ވަޤުތުކޮޅަކާ ބައްދަލުވާނެ! ބިރުވެތިވާންވީ އެވަޤުތުކޮޅަށް!

ބައެއް މީހުން ދެކޭ ގޮތުގައި ޤިޔާމަތްވުމުގެ ތާލަފިލި ފުންމަވައިލެއްވެވުމަކީ ފަހުޒަމާނުގެ ޢަލާމާތެކެވެ. ނަމަވެސް އެއީ ފަހުޒަމާނުގެ ޢަލާމާތެއް ނޫނެވެ. އެހެނީ ތާޅަފިލި ފުމެލެއްވެވުމުން އޮންނާނީ ޤިޔާމަތްވެފައެވެ.  

ކޮންމެއަކަސް ބަލަންވީ ތާލަފިލި ފުންމަވައިލައްވަވާނެ ވަޤުތަކަށް ނޫނެވެ. އަދި ހުޅަނގުފަރާތުން އިރުއަރާނެ ދުވަހަކަށްވެސް ނޫނެވެ. އެހެނީ ހުޅަނގުފަރާތުން އިރުއެރުމުން ތައުބާ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. އެއިރު ދުނިޔޭގައި ބައަކު ތިބިނަމަވެސް ހުޅަނގުފަރާތުން އިރުއެރުމާއިއެކު އެވަނީ ޤިޔާމަތްވެފައެވެ. މާނައަކީ ދުނިޔޭގެ ޙަޔާތް ނިމުނީއެވެ.

މިހާރު ދުނިޔޭގައި ތިބި އެއްވެސް މީހަކަށް ހުލަނގުފަރާތުން އިރުއަރާތަން ނުފެނިދާނެއެވެ. އެހެނީ އެކަން ހިނގުމަށް އަދި އަހަރުތަކެއް ނަގާނެތީއެވެ. އެއީ ކިހައި ދުވަހެއްކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.  

އެހެންނަމަވެސް އަހުރެމެން ކޮންމެ މީހެއްގެ ޙަޔާތަށްވެސް ތައުބާ ޤަބޫލުފުޅު ނުކުރައްވަވާނެ ވަޤުތުކޮޅެއް އަންނާނެއެވެ. އެއީ މަރުގެ މަލާއިކަތާ އެމީހާގެ ލޮލަށް ފެންނަ ވަޤުތުން ފެށިގެންނެވެ. ވީމާ ހުޅަނގުފަރާތުން އިރުއަރާނެ ދުވަހާއި ބައްދަލުނުވުމަކީ ތައުބާވުން ލަސްކުރެވެން އޮތް ސަބަބެއް ނޫނެވެ. 

އެހެނީ އެއްވެސް މީހަކަށް އެމިހާގެ ފުރާނަ ހިއްޕަވަން މަލާއިކަތުން ފައިބައިވަދައިގަންނަވާނެ ވަޤުތެއް ނުއެނގޭނެއެވެ. ވީމާ އެމީހަކަށް ތައުބާވުމުގެ ދޮރު ބަންދުވެގެންދާނެ ވަޤުތު ހަމައެކަކަށްވެސް ނުއެނގޭނެތީއެވެ.  

އާދޭސްކޮށްފައި ބުނަމެވެ. ތައުބާވުމަށް އަވަސްވެގަންނާށެވެ! އެކަމަށް އޮތް ދޮރު ބަންދުވުމުގެ ކުރިން ތައުބާ ނުވެވިއްޖެނަމަ އެމީހެއްގެ އާޚިރަތް ގެއްލިގެންދިއައީއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން