ކުޑަކުދިން އަސީރުކޮށް ކުޑަކުދިން ޝަހީދުކުރަން އަމާޒުކޮށްގެން ޙަމަލާދިނުމަކީ މިހައިތަނަށް ދުނިޔެ ދެކެފައިވާ ކަންކަމެއް ނޫން! އެއީ ބަލިވެ ގޮތްހުސްވުމުން ކުރާ ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކުޑަކުދިން އަސީރުކޮށް ކުޑަކުދިން ޝަހީދުކުރަން އަމާޒުކޮށްގެން ޙަމަލާދިނުމަކީ މިހައިތަނަށް ދުނިޔެ ދެކެފައިވާ ކަންކަމެއް ނޫން! އެއީ ބަލިވެ ގޮތްހުސްވުމުން ކުރާ ކަންކަން!

ކުޑަކުދިން ހިފައި ހައްޔަރުކޮށް އަސީރުކުރުމާއި ކުޑަކުދިން ޝަހީދުކުރަން އަމާޒުކޮށްގެން ޙަމަލާދިނުމަކީ މިހައިތަނަށް ދުނިޔެ ދެކެފައިވާ ކަންކަމެއް ނޫނެވެ. އެހެނަސް ފާއިތުވި އަހަރުތަކުގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން އަންނަނީ މިބޮޑު ޖަރީމާ ހިންގަމުންނެވެ. 

އިޒްރޭލުގެ ޖަލުތަކުގައި ފަލަސްޠީނުގެ އެތައް ސަތޭކަ ކުޑަކުދިން ހައްޔަރުކޮށްފައި އެއތިބީ އޮކްޓޯބަރު 7 ގައި ހަމާސް އިން ދިން ޙަމަލާ އާއި ގުޅުވައިގެން ކަމަށް ބުނެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. އަދި ކޮންމެ ދުވަހަކުހެން ކުޑަކުދިންނަށް ޙަމަލާދީ ޝަހީދުކުރަމުން ގެންދަނީވެސް އޮކްޓޯބަރު 7 ގައި ހަމާސް އިން ދިން ޙަމަލާ އާއި ގުޅުވައިގެން ކަމަށް ބުނެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ.

އޮކްޓޯބަރު 7 އާއި ގުޅުވައިގެން ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ފަލސްޠީނަށް ދިން ޙަމަލާތަކުގައި ސީދާ ކުޑަކުދިންނަށާއި އަންހެނުންނަށް އަމާޒުކޮށް ޙަމަލާތައް ދީފައިވާ ކަމަށް ބުނަމުން އެގެންދަނީ މުސްލިމުން އެކަންޏެއް ނޫނެވެ. ދުނިޔޭގެ އެތައް ޤައުމަކުންނާއި އިންށާނީ ޙައްޤުތަކަށް ވަކާލާތުކުރާ އެތައް ޖަމާޢަތަކުން ވަނީ މިކަންކަން ފާހަގަކޮށްފައެވެ.  

އެއީ ބަލިވެ ގޮތްހުސްވުމުން ކުރާ ކަންކަމެވެ. ދެން އޮތް ހަމައެކަނި ގޮތަކީ ނަސްލު ނައްތައިލުން ކަމަށް ޤަބޫލުކުރެވުމުން ކުރަމުން ގެންދާ ކަންކަމެވެ. މާތް ﷲ ވާގިފުޅާއިއެކު މުސްލިމުންނަށް ޙަޤީޤީ ކާމިޔާބީ ދާދި އަވަހަށް ފެނިގެންދާނެއެވެ.

 

މިއަދު އޮންލައިން