ހަނގުރާމަ ހުއްޓާލިކަމަށް ބުނި ނަމަވެސް ފަލަސްޠީނުގެ ހުރިހާ އަވަށްތަކެއްގައިވެސް ގެންދަނީ ރައްޔިތުން ޝަހީދުކުރަމުން!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ހަނގުރާމަ ހުއްޓާލިކަމަށް ބުނި ނަމަވެސް ފަލަސްޠީނުގެ ހުރިހާ އަވަށްތަކެއްގައިވެސް ގެންދަނީ ރައްޔިތުން ޝަހީދުކުރަމުން!

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން ހަނގުރާމަ މެދުކަނޑައިލިކަމަށް ބުނިނަމަވެސް ފަލަސްޠީނުގެ ހުރިހާ އަވަށްތަކެއްގައިވެސް ފަލަސްޠީނުގެ ރައްޔިތުންނަށް ޙަމަލާދީ ގެންދަނީ އެތައް ބައަކު ޝަހީދުކުރަމުންނެވެ.  

މީގެ އިތުރުން ޒަޚަމްވާ މީހުން އުފުލަން ދަތުރުކުރާ އެމްބިޔުލާންސްތަކުގެ ދަތުރުތަކަށް ގެންދަނީ ހުރަސްއަޅަމުންނެވެ. ބަލައި ފާސްކުރުމުގެ ނަމުގައި ހުއްޓުވައި ގެންދަނީ އެމްބިޔުލާންސްތަކަށް ގެއްލުންދެމުންނެވެ. ބަލިމީހުން ނުއުފުލޭނެ ގޮތް ހަދަމުންނެވެ. 

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ޓެރަރިސްޓުން އިންށާނިއްޔަތާއި ދެކޮޅަށް ހިންގަމުން ގެންދާ މިފަދަ ބޮޑެތި ޖަރީމާތައް ހިންގަމުން ގެންދާއިރުވެސް ދުނިޔެއިން އެއިން ކަމަކަށް ކަންބޮޑެއް ނުވެއެވެ. ކަންބޮޑުވާކަމަށް ބުނިނަމަވެސް ހުއްޓުވަން ކުރެވޭ އެއްވެސް ކަމެއް އޮންނަ ކަމަކަށް ނުވެއެވެ. 

ކަންކަން މިފަދައިން ލޮލަށް ފެންނަމުން އަންނައިރު ޔަހޫދީން ބޭނުންވެގެން އުޅެނީ ހަމާސް ނައްތާލަންކަމަށް ބުނާ ބުނުމަކީ ހަދާ އެންމެ ބޮޑު އެއް ދޮގުކަން މިވަނީ ޔަޤީންކުރެވިފައެވެ. ހަމާސްގެ ބައަކު އެއްވެސް ވަރަކަށް އެއްވެސް އިރެއްގައި ޙަރަކާތްތެރިވެފައިނުވާ، ހަމާސްގެ އަސަރު އެއްވެސް ވަރަކަށް ނެތް ރަށްތަކަށްވެސް އަމާންކަމެއް ނެތުމުންނެވެ.

 

މިއަދު އޮންލައިން