ކަންބޮޑުވުމެއް ނުވަތަ ބިރުވެރިކަމެއް ކުރިމަތިވެދާނެކަމަށް ބިރުގަތުމުން ސަލާމަތްވެ ހުރެވޭނެ މަގު- އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ކަންބޮޑުވުމެއް ނުވަތަ ބިރުވެރިކަމެއް ކުރިމަތިވެދާނެކަމަށް ބިރުގަތުމުން ސަލާމަތްވެ ހުރެވޭނެ މަގު- އިން ޝާ ﷲ

ގިނަ ބައަކަށް އަބަދުހެން ތިބެވެނީ ކޮންމެވެސް ކަންބޮޑުވުމެއްގެ ތެރޭގައެވެ. ބިރުވެރިކަމެއްގެ ތެރޭގައެވެ. ތިމާއަށް ދެރަގޮތެއް މެދުވެރިވެދާނެކަމަށެވެ. ހިތް ނުއެދޭ ކޮންމެވެސް ކަމެއް މެދުވެރިވެދާނެ ކަމަށެވެ. 

އެހެން ތިބެގެން ގިނަ މީހުންނަށް ކުރެވޭ ކަމަކީ އެކަމަކަށް "ކާންދީ" ބޮޑުކުރުމެވެ. އެއީ އެކަމެއް ތިމާއަށް ކުރިމަތިވެދާނެ ގޮތްތަކަށް ވިސްނުމެވެ. ކުރިމަތިވުމުން ދެން ކަންކަން ވެދާނެ ގޮތްތަކަށް ވިސްނުމެވެ. އެކަންކަމުން ސިކުނޑި ފުރާލުމެވެ. 

މިކަންކަމަށް އޮތް ޙައްލުވެސް ވަރަށް ފަސޭހައެވެ. ތިމާއަށް ކަމެއް މެދުވެރިވާން އުޅޭކަމަށް ނުވަތަ ވެދާނެކަމަށް ވިސްނޭއިރަށް އެކަމަކުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރާށެވެ! އަދި އެކަމެއް ތިމާއަށް މެދުވެރިނުވުމަށް ތިމާއަށް ކުރެވެންހުރި ހުރިހާ ކަންކަން ކުރާށެވެ. ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ! 

އެއިރުން ކަންބޮޑުވުންތަކުން ސަލާމަތްވެވޭނެއެވެ. އިން ޝާ ﷲ 

- ޔާސްމީން މުޤާހިދުގެ ދަރުސަކުން

 

މިއަދު އޮންލައިން