ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ﷲ ތަޢާލާއަށް ބިރުވެތިވާނަމަ އެހެން އެއްވެސް ކަމެއް، ނުވަތަ އެއްޗެއް ދެކެ ބިރުގަނެގެން ނުވާނެކަމަށެވެ. މިއީ އަދި އެންމެ ރަނގަޅު މާނައެއް ނޫނެވެ.
މިޘާލަކަށް ﷲ ތަޢާލާއަށް ކިތަންމެ ބޮޑަށް ބިރުވެތިވާ މީހަކާއި ދިމާއަށް ބަޑިޖަހަން، ނުވަތަ ވަޅިއެއް ދިއްކޮށް ހަރަންއުޅެފިނަމަ ބިރުގަންނާނެއެވެ. ވިހަލާ ހަރުފައެއް މިނިކާވަގެއް ފަދަ އެއްޗެއް ފެނުނަސް ބިރުގަންނާނެއެވެ. އެއިގެ މާނައަކީ އޭނާ ﷲ ތަޢާލާއަށް ބިރުވެތިނުވުމެއް ނޫނެވެ.
ﷲ ތަޢާލާއަށް ބިރުވެތިވުމުގެ ޙަޤީޤީ މާނައަކީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމެވެ. ނަހީކުރައްވަވާފައިވާ ކަންކަން ނުކުރުމާއި ކުރުމަށް އަންގަވާފައިވާ ކަންކަން ކުރުމެވެ. ވަރަށް ފަރުވާތެރިވެގެން ކުރުމެވެ. އެންމެ ބޮޑަށް އިސްކަން ދީގެން އެކަންކަން ކުރުމެވެ.
ވީމާ ﷲ ތަޢާލާއަށް ބިރުވެތިވުމަށް ކުރަން އޮތް ކަމަކީ ފާފަ ނުކުރުމެވެ. ފުރިހަމަ ގޮތުގައި ކިޔަމަންތެރިކަން އަދާކުރުމެވެ.
- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން