ނިދީން ހޭލެވުން ލަސްވެއްޖެނަމަ އިރުއަރާވަޤުތު ފަތިސްނަމާދުކުރެވޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ނިދީން ހޭލެވުން ލަސްވެއްޖެނަމަ އިރުއަރާވަޤުތު ފަތިސްނަމާދުކުރެވޭނެތަ؟

މީހަކު ކޮށްފައިވާ ސުވާލެކެވެ! 

އަހުރެންނަށް ހޭލެވުނީ އިރުއަރަން ވަރަށް ގާތްވެފައި ހުއްޓައެވެ. ވުޟޫކޮށްލައިގެން އައުދެވުނުއިރު އިރުއަރަނީއެވެ. އެވަޤުތު އަހުރެންނަށް ފަތިސްނަމާދުކުރަން ހުއްދަވާނެ ހެއްޔެވެ؟ 

އަހުރެންގެ ޖަވާބަކީ ނަމާދުކުރުން ހުއްދަނޫން ވަޤުތުތަކުގައި ކުރުން ހުއްދަވެގެން ނުވަނީ ސުންނަތް ނަމާދުތަކެވެ. ސުވާލުގައި ބަޔާންކޮށްފައިވާ ފަދަ ޙާލަތެއް ދިމާވެއްޖެނަމަ ފަރުޟު ނަމާދުކުރުން ހުއްދައެވެ. އެކަމަށް މައްސަލައެއް ނެތެވެ. 

ފަރުޟު ނަމާދެއް ގެއްލިގެންދާނަމަ އޮތީ އެނަމާދެއް ކުރަން އަވަސްވެގަތުމެވެ. ސުވާލުގައި އެވާފަދަ ޙާލަތެއްގައި ފަތިސްނަމާދުގެ އިހުސުންނަތް ކުރުން ފަސްކޮށްލާނީއެވެ. ފަސްކޮށްލާފައި ޤަޟާއަށް ކުރާނީއެވެ. 

- ޝައިޚް ޢާޞިމް އަލްޙަކީމް

 

 

 

މިއަދު އޮންލައިން