ގެއްލުނު މަސްކަނޑު އަނބުރާ ހޯދުމަށް ވީހާވެސް އަވަހަކަށް މަސައްކަތް ފަށްޓަވައިދެއްވާ! ފޯރުކޮށްދެވެން އޮތް ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދޭނަން!: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ގެއްލުނު މަސްކަނޑު އަނބުރާ ހޯދުމަށް ވީހާވެސް އަވަހަކަށް މަސައްކަތް ފަށްޓަވައިދެއްވާ! ފޯރުކޮށްދެވެން އޮތް ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދޭނަން!: ޤާސިމް

ގެއްލުނު މަސްކަނޑު އަނބުރާ ހޯދުމަށް ވީހާވެސް އަވަހަކަށް މަސައްކަތް ފަށްޓަވައިދެއްވަން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމްއިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން އެދިވަޑައިގެންފިއެވެ. 

ޤާސިމް އިބްރާހީމްވަނީ އެކަމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލެއްވުން އެމަނިކުފާނާއި ޖުމްހޫރީ ޕާޓީން އަރުވާނެކަން ހާމަކުރައްވައިފައެވެ!

ޤާސިމްގެ ބަސްފުޅު: 

އިނގިރޭސި ދައުލަތުން ޗާގޮސް އެކިޕެލާގޯ، މޮރިޝަސް އާއި ހަވާލު ކުރުމަށް ކުރިން ނިންމި ނިންމުން ބަދަލު ކުރިކަން އެ ޤައުމުގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ މި ދަނޑިވަޅުގައި، އިޓްލޮސް ގެ ނިންމުމާއި އެކު ރާއްޖެއާއި ޗާގޮސްގެ މައްސަލައިގައި ދިވެހީންނަށް ގެއްލިފައިވާ ސަރަހައްދު ހޯއްދަވައިދެއްވުމަށް ވިސްނުންތެރިކަމާއެކު ވީހާވެސް ހަލުވިކޮށް މަސައްކަތްޕުޅު ފައްޓަވައިދެއްވުން އެދި ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު 

އަރިހުގައި ނުހަނު އިޙްތިރާމާއި އެކު ދަންނަވަމެވެ. 

ޚާއްޞަކޮށް ރައީސް ޑރ. މުޢިއްޒުވަނީ އެމަނިކުފާނުގެ ކެންޕޭނުގައި ، ވެރިކަމަށް ވަޑައިގެންފިނަމަ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފަށް ވައްދާނެކަމަށްވެސް ވަޢުދުވެވަޑައިގެންފައެވެ. މިމައްސަލަ އަކީ އަޅުގަނޑުވެސް ފާއިތުވި ރިޔާސީ އިންތިޚާބުގައި ހައްލުހޯދުމުގެ ޢަޒުމުގައި ނުހަނު ބޮޑަށް ވަކާލާތު ކުރި ޤައުމީ މައްސަލައެއްކަމުގައިވާތީއާއި، އިނގިރޭސި ދައުލަތުން ފަހުން ނިންމާފައިމިވާ ނިންމުމުގެ ސަބަބުން ދިވެހީން ޒަމާނުއްސުރެ މަސްވެރިކަންކުރަމުންއައި ކަނޑުގެ ސަރަޙައްދު އަލުން ދިވެހީންނަށް ފުރިހަމައަށް ލިބުމުގެ ފުރުޞަތު ބޮޑުވެފައިވާތީ، އިނގިރޭސި ދައުލަތާއިއެކު އަވަސް މަޝްވަރާތަކެއް ފައްޓަވާ ޒަމާނުއްސުރެ ދިވެހީން ގެންގުޅެމުން އައި ސްޓޭންޑް ދަމަހައްޓަވާ މި ކަމުގައި ދިވެހީންނަށް ކާމިޔާބު ހޯއްދަވައިދެއްވުމަށް މަނިކުފާނު މަސައްކަތްޕުޅު ކުރައްވާނޭކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ.

އަދި މި މަސައްކަތުގައި މަނިކުފާނަށް ދެއްވެން އޮތް ކޮންމެ އެހީތެރިކަމަކާއި އެއްބާރުލުމެއް ދިނުމަށް އަޅުގަނޑާއި އަޅުގަނޑުގެ ޕާޓީން ތައްޔާރަށް އޮތްވާހަކަވެސް ދަންނަވަމެވެ.

މިއަދު އޮންލައިން