ފޮނަދޫ ދާއިރާއަށް ވާދަކުރައްވަން އަބްދުއްރަހީމް ނިންމަވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ފޮނަދޫ ދާއިރާއަށް ވާދަކުރައްވަން އަބްދުއްރަހީމް ނިންމަވައިފި

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިީހުގެ ފޮނަދޫ ދާއިރާއަށް ވާދަކުރައްވަން ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓްގެ މަގާމުގައި ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲ، ނިންމަވައި އެކަން އިއުލާނުކުރައްވައިފިއެވެ.

މިކަމާގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަޙީމް ވިދާޅުވީ، 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލ. ފޮނަދޫ ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އެހެންކަމުން އެ ދާއިރާގެ ރައްޔިތުންގެ ފުރިހަމަ ތާޢީދު އެމަނިކުފާނަށް ދެއްވުމަށް އަބްދުއްރަހީމް އެދިވަޑައިގަތެވެ.

ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި އަބްދުއްރަހީމް އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފޮނަދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައެވެ.

މިއަދު އޮންލައިން