ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ މާޗް މަހުގެ 17 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މިކަމާގުޅިގެން އިލެކްޝްންސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 1445 ވަނަ އަހަރުގެ ރަމަޟާން މަހާ ދިމާވާތީ އާއި، ރަމަޟާން މަހުގެ ފަހުގެ ތާރީހެއްގައި އިންތިޚާބު ބާއްވަން އިދާރީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވާކަމަށެވެ.
ތައުލީމާ ބެހޭ ޒުވާރާއިން އިސްލާހުކޮށް އާންމުކޮށްފައިވާ ދިރާސީ ކަލަންޑަރުގައިވާގޮތުން، އީދު ބަންދަށްފަހު ފެށޭ ހަފްތާއަކީ ސުކޫލްތަކުގެ އިމްތިހާނު ދުވަސްތަކަށްވާތީ، ސުކޫލުތައް ލިބުން ދަތިވެ، ވޯޓުލާ މަރުކަޒުތައް ގާއިމްކުރުމަށްޓަކައި އެ ކޮމިޝަނަށް އެކަށީގެންވާ ތަންތަން ނުލިބޭނެކަން އީސީން ފާހަގަކޮށްފައިވެއެވެ.
މާޗް މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިޚާބު ބާއްވަން ނިންމާފައިވާއިރު، އެ ދުވަހަކީ ރަމަޟާން މަހުގެ ހަވަނަ ދުވަހެވެ.