އިސްލާމީ ތަޢުލީމު ޚާއްސަ ސްކޫލެއް ހުޅުމާލޭގައި އަޅަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
އިސްލާމީ ތަޢުލީމު ޚާއްސަ ސްކޫލެއް ހުޅުމާލޭގައި އަޅަނީ

އިސްލާމީ ތަޢުލީމު ޚާއްސަ ސްކޫލެއް ހުޅުމާލޭގައި ތަރައްޤީކުރުމަށް އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއިން ބުނެފައިވަނީ އެޗް.ޑީ.ސީއިން ބުނީ މި އެއްބަސްވުމުގެ ދަށުން ސްކޫލުގެ އިތުރުން ހުޅުމާލެ ރެޑްވޭވް ސިޓީ ސްކޮއަރ ކައިރީގައި ހުންނަ ވަގުތީ މިސްކިތްވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި މިސްކިތް ތަރައްޤީކުރާނީ ސްކޫލާއި މިސްކިތް ގުޅިގެންދާ ގޮތަށްކަމަށެވެ.

މި ސްކޫލްގައި 2.5 އަހަރުގެ ތެރޭގައި ޕްރީސްކޫލްގެ ދަރިވަރުންނަށް ކިޔަވަދެވޭނެކަމަށް އެޗް.ޑީ.ސީއިން ބުނެއެވެ. އެއަށްފަހު ގްރޭޑް 1-10 ގެ ދަރިވަރުންނަށް ކިޔަވައިދެވޭ ފެންވަރަށް އަދި އޭގެ އިތުރުން މަތީ ތަޢުލީމު އުނގަންނައިދެވޭ ފެންވަރަށް މި ސްކޫލް ތަރައްޤީކުރާނެކަމަށް އެ ކޯރޕަރޭޝަނުން ބުނެއެވެ. އަދި މި ސްކޫލުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނަށް ފުރިހަމަ އިސްލާމީ ތަޢުލީމު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުންކަމަށެވެ. އަދި މި ސްކޫލުއިން ފުދުންތެރިކަން ދަށް ކުދިންނަށާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހިލޭ ކިޔެވޭނެގޮތް ހަމަޖެހިގެންދާނެކަމަށްވެސް އެޗް.ޑީ.ސީއިން ބުނެއެވެ.

މިއަދު އޮންލައިން