ކުރީ ސަރުކާރުގެ "ގެދޮރުވެރިޔާ ސްކީމު"ގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ފްލެޓްތައް ޙަވާލުކުރުމާއި ގުޅޭ އެންމެހާ ކަންކަން މަޑުޖައްސާލުމަށް އެންގި އެންގުމާމެދު މި ހަފްތާގައި އޭ.ސީ.ސީއިން ގޮތެއް ނިންމާނެކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
މިކަމާގުޅިގެން އޭ.ސީ.ސީއިން ބުނީ 4000 ފުލެޓާ ގުޅިގެން ކޮމިޝަނަށް ހުށަހެޅުނު މައްސަލައިގައި، ފްލެޓާ ގުޅޭ ކަންކަން މަޑުޖައްސައިލުމަށް ކޮމިޝަނުން އެންގި އެންގުމާ މެދު ކޮމިޝަނުން މި ހަފްތާ ތެރޭގައި ގޮތެއް ނިންމާނެކަމަށެވެ.
މި ފްލެޓްތައް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ކަންކަން ނިމޭތާ، 3 ދުވަހުގެ ތެރޭގައި އެގްރިމަންޓުގައި ސޮއިކުރަން ފަށާނެކަމަށް ފަހި ދިރިއުޅުން ކޯރޕަރޭޝަނުން ވަނީ ބުނެފައެވެ.