އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ

އަހުމަދު
ކިޔުމަށް ހޭދަވާނީ 57ސ
އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. 

އެސްޓީއޯއިން އާންމުކޮށްފައިވާ އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކާގޮތުން 2023 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވާ ޖުމްލަ އަދަދަކީ 16 ބިލިއަން ރުފިޔާއެވެ. 2022 ވަނަ އަހަރު ޖުމްލަ އާމްދަނީއަކީ 18 ބިލިއަން ރުފިޔާއެވެ. މިއީ %10 ދަށްވުމެކެވެ. އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިބަދަލާއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގު ދަށްކުރުމުން ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވެފައިވުން ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. ޖުމްލަ އާމްދަނީ ދަށްވި ނަމަވެސް ހިންގުމުގެ ފައިދާއާއި ޓެކްސްއަށް ކެނޑުމުގެ ކުރިން އަދި ޓެކްސްއަށް ކެނޑުމަށްފަހު ލިބުނު ސާފު ފައިދާ އިތުރުވެފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައެވެ. 

މިދިޔަ އަހަރުގެ ޖުމްލަ ފައިދާ އިތުރުވީ ކުންފުނިން ވިކުނު ތެލުގެ އަދަދު އިތުރުވުމާއި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ ރަނގަޅުވުމުން ކަމަށް އެސްޓީއޯއިން އިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން