ފޯމުގައި އެއްވެސް މައްސަލައެއް ނެތް މީހުންނަށް ފްލެޓް ދިނުމުގެ ކަންކަން ކުރިއަށްގެންދިއުމަށް އޭސީސީ އިން ލަފާ ދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ފޯމުގައި އެއްވެސް މައްސަލައެއް ނެތް މީހުންނަށް ފްލެޓް ދިނުމުގެ ކަންކަން ކުރިއަށްގެންދިއުމަށް އޭސީސީ އިން ލަފާ ދީފި

ކުރީ ސަރުކާރުން އަޅާފައިވާ 4000 ފްލެޓް ލިބޭކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން ފޯމުގައި އެއްވެސް މައްސަލައެއް ނެތް މީހުންނަށް ފްލެޓުތައް ދިނުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ލަފާ ދީފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ވިދާޅުވެއްޖެއެވެ. 

އޭސީސީ މިހެން ބުނެފައިވަނީ ފްލެޓުތަކުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރުކުރެއްވުމުންނެވެ. 

އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ތަޙްޤީޤުގެ ތެރެއިން ފޯމުތައް އިވެލުއޭޓް ކުރުމަށްފަހު ތަޙްޤީޤަށް ފާހަގަވާ ކަންކަން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއާ ޙިއްޞާ ކުރައްވާފައިވާނެ ކަމަށެވެ. އެއަށްފަހު ފޯމުތަކާ މެދު ޢަމަލު ކުރަންވީ ގޮތް ކަނޑައަޅާނީ އެ ވުޒާރާއަކުން ކަމަށާއި އޭސީސީން މަސައްކަތް ކުރާނީ ކޮމިޝަނުގެ ދައުރު ފަހަނައަޅައިގެން ނުދާނެ ގޮތަކަށް ކަމަށް ވިދާޅުވިއެވެ.

ކޮމިޓީގައި މެންބަރުން ވަނީ އޭސީސީގެ ނަޒާހަތްތެރިކަމާ މެދު ވެސް ސުވާލު އުފައްދަވާފައެވެ. ނަމަވެސް އޭސީސީން ތަހުޤީޤު ކުރިއަށްގެންދިއުމުގައި ނަޒާހަތްތެރިކަން ކަށަވަރު ކުރުމަށް މަސައްކަތް ކޮށްފައިވާނެކަން ޝާމިލް ފާހަގަކުރެއްވިއެވެ. 

މިއަދު އޮންލައިން