އައްޑޫއިން ދޫކުރާ ބަންޑާރަ ގޯތިތަކުގެ ގުރުއަތުލުން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
އައްޑޫއިން ދޫކުރާ ބަންޑާރަ ގޯތިތަކުގެ ގުރުއަތުލުން ފަށައިފި

އައްޑޫ ސިޓީއިން ދޫކުރާ ބަންޑާރަ ގޯތިތަކުގެ ގުރުއަތުލުން ފަށައިފިއެވެ.

ގޯއްޗަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވިއިރު 4،160 ފޯމު ހުށަހަޅާފައިރު މީގެ ތެރެއިން 4052 މީހެއްގެ ޝަރުތު ހަމަވާ ކަމަށާއި މިއެންމެންނަށްވެސް ގޯތި ދިނުމަށް ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުންވަނީ ބުނެފައެވެ.

މިކަމާގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ބުނީ މިފަރާތްތަކަށް ދޭނެ ގޯތި ކަނޑައެޅުމަށް މަސައްކަތް ކުރިއަށްދަނީ ގޯތި ލިބުނު މީހުންގެ ލިސްޓާ އެއްގޮތްވާ ގޮތުގެ މަތީން ކަަމަށާއި އެގޮތުން މިބުރުގައި ހިތަދޫން ދޫކުރާ 500 ގޯތީގެ ގުރުއަތުލުން ބުދަ ދުވަހު ފަށާފައިވާއިރު އޭގެ ތެރެއިން 150 ފަރާތުންވަނީ ގުރުއަތުނަގާފައި ކަމަށެވެ.

ހުޅުދޫން ދޫކުރާ 100 ގޯޗާއި މީދޫން ދޫކުރަން ނިންމާފައިވާ 100 ގޯތީގެ ގުރުއަތު ނެގުން މިހާރު ނިމިފައިވާކައިރު ފޭދޫން ދޫކުރާ ގޯތިތަކުގެ ގުރުއަތުނަގާ ތާރީޚެއް އަދި ކަނޑައެޅިފައި ނުވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މިއަދު އޮންލައިން