ސްޓެލްކޯއިން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގެ ސަބަބުން ރައީސް ޑރ. މުޢިއްޒު އެދިވަޑައިގަންނަވާ ފެންވަރާ މިންވަރުގަ ޚިދުމަތް ދިނުމުގެ ރޫހު އާލާވެގެންދާނެ: ޙުސައިން ފަހުމީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 4ސ
ސްޓެލްކޯއިން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގެ ސަބަބުން ރައީސް ޑރ. މުޢިއްޒު އެދިވަޑައިގަންނަވާ ފެންވަރާ މިންވަރުގަ ޚިދުމަތް ދިނުމުގެ ރޫހު އާލާވެގެންދާނެ: ޙުސައިން ފަހުމީ

ސްޓެލްކޯއިން ތަނުގެ މުވައްޒިފުން ތަމްރީނުކޮށް ޤާބިލުކަން އިތުރުކުރަން ހިންގާ ތަމްރީނު ޕްރޮގްރާމްތަކުގެ ސަބަބުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގަންނަވާ ފެންވަރާއި މިންވަރުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ރޫހު އާލާވެގެންދާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްތަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. 

ޙުސައިން ފަހުމީ ކުރެއްވި އެކްސް ޕޯސްޓްއެއްގައި ވިދާޅުވެފައިވަނީ: 

"މީހުން މީހުނަށްވަނީ މީހުން މީހުންނަށް ހެދީމަ"

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ މައިސިޔާސަތަކީ ސަރުކާރުގެ އިދާރާތަކާ މުއައްސަސާތަކުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، އެ ރައްޔިތުން އެދޭގޮތަށް ހިނިތުންވުމާ އޯގާތެރިކަމާއެކު ޚިދުމަތްދިނުމެވެ. 

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ކަމާ އަޅުގަނޑު ހަވާލުވުމަށްފަހު، ރައީސް ޑރ މުޢިއްޒުގެ ލަފާފުޅާ އިރުޝާދުފުޅުގެ ދަށުން އެންމެ އިސްކަމެއްދީގެން ކުރިއަށް ގެންދާ އެއްކަމަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި މުވައްޒަފުންގެ ހުނަރާ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތެވެ

މިގޮތުން، ގައުމީ ދިފާއީ ބާރާއި ސްޓެލްކޯ ގުޅިގެން ގިރިފުށީ ޓްރެއިންގ ސެންޓަރ ގައި ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގޭ ލީޑަރޝިޕް އެންހޭންސްމަންޓް ޓްރެއިނިންގ ޕްރޮގުރާމުގެ ސަބަބުން ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ކޮލިޓީ ރަނގަޅު ކުރެވި، ސްޓެލްކޯގެ ސަފުތައް ބަދަހިކުރެވި، މުވައްޒަފުންގެ މަސައްކަތުގެ އަޚުލާޤު ހަރުދަނާވެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގަންނަވާ ފެންވަރާ މިންވަރުގައި ޚިދުމަތް ދިނުމުގެ ރޫހު އާލާވެގެންދާނެ ކަމާމެދު ޝައްކެތްނެތެވެ. " 

މިއަދުގެ ނިޔަލަށް 120 މުވައްޒަފުން ތަމްރީނު ފުރިހަމަ ކުރުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއް ކަމަށާއި ޕްރޮގްރާމް ހިންގެވުމުގައި ދިވެހި އަސްކަރިއްޔާއަށް ދެއްވާ އެއްބާރުލުމާ އެހީތެރިކަމަށް ފަށްފަށުން ޝުކުރު އަދާކުރައްވާކަމަށްވެސް ޙުސައިން ފަހުމީ ވަނީ ވިދާޅުވެފައެވެ. 

 

މިއަދު އޮންލައިން