ބޭނުންނުކުރާ އުޅަނދުތަކުގެ ވެރިފަރާތުން އަމިއްލައަށް އެއުޅަނދުތައް ނައްތާލުމުގެ ފުރުސަތު ދެނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ބޭނުންނުކުރާ އުޅަނދުތަކުގެ ވެރިފަރާތުން އަމިއްލައަށް އެއުޅަނދުތައް ނައްތާލުމުގެ ފުރުސަތު ދެނީ!

މާލޭ މަގުތަކުގައި ހުރި ބޭނުންނުކުރާ އުޅަނދުތަކުގެ ވެރިފަރާތުން އަމިއްލައަށް އެއުޅަނދުތައް ނައްތާލުމުގެ ފުރުސަތު ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ އުޅަނދުގެ ވެރިފަރާތުން އުޅަނދު ނައްތާލަން ބޭނުންވާނަމަ އެ ފުރުސަތު މިހާރު ލިބިފައިނުވާ ފަރާތްތަކަށް ޓްރާންސްޕޯޓް މިނިސްޓްރީއާއި، ދިވެހި ފުލުހުންގެ ހިދުމަތާއި ވެމްކޯއާއި ގުޅިގެން ޕްރޮގްރާމެއް ހިންގާނެކަމަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ހުޅުވާލެވޭ ފުރުސަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ހާއްސަކޮށްފައިވާ ފޯމު ފުރުމަށްފަހު transport.gov.mv@1511 އަށް އީމެއިލް ކުރެވޭނެކަމަށާއި އަދި މިނިސްޓްރީގެ ރިސެޕްޝަނުން ފޯމު ލިބޭނެކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

މިއީ މާލެ އަދި ހުޅުމާލެގެ މަގުތަކުގައި ގިނަ ދުވަހު ބޭނުންނުކޮށް ބަހައްޓާފައިވާ އުޅަނދުތަކުގެ ސަބަބުން މަގުމަތި ފުރި 4 ލޭނުގެ މަގުތައް 2 ލޭނަށް ކުޑަވަމުން ދިއުމުގެ ސަބަބުން މަގުމަތި ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ސަބަބުން ކުރިމަތިވަމުންދާ އުނދަގޫތަކަށް އަވަސްހައްލެއް ހޯދުމަށް ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 15 ފެބްރުއަރީން މާރޗް 3 ވަނަ ދުވަހުގެ ނިޔަލަށެވެ.

 

 

 

މިއަދު އޮންލައިން